ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ ޒިންމާ ފުރިހަމައަށް އަދާ ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް: ރޮޒައިނާ
ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ ޒިންމާ ފުރިހަމައަށް އަދާ ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ގައުމައިގެން ކުރިއަށް ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަންގެ އަންހެން ޓީމުން ލ. އަތޮޅަށް ކުރި ދަތުރު ނިންމާލުމަށް ފަހު އިއްޔެ ރާވެރިޔާގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ފުޅު ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދައްކާ ފަރާތްތަކުން އެގޮތަށް އެ ވާހަކަ ދައްކަނީ އިންތިޚާބުން ބަލިވާނެކަން ޔަގީން ވާތީ ކަމަށެވެ. އަދި މިފަހަރުގެ އިންތިޚާބު ރައީސް ވަހީދަށް ފުރަތަމަ ބުރުން ކާމިޔާބު ކުރެއްވޭނެ ކަން ލ. އަތޮޅަށް ކުރި ދަތުރުން އެނގިގެން ދިޔަކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ މިނިވަން ކެނޑިޑޭޓަކަށް، ވޯޓް ދޭން މިނިވަން ރައްޔިތުން ތިބީ ތައްޔާރަށް ކަމަށާއި، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ރައްޔިތުންގެ ވޯޓުގެ ތެރެއިން، ރައީސް ވަހީދަށް ފުރިހަމަ މެޖޯރިޓީ ލިބޭނެކަމަށެވެ. ރޮޒައިނާ ވިދާޅުވީ ކޯލިޝަންގެ އަންހެން މެންބަރުންގެ ޓީމުން ލ އަތޮޅު މާބައިދޫ، ފޮނަދޫ، ގާދޫ، ހިތަދޫ، މާމެންދޫ އަދި ކުނަހަންދޫގެ ގިނަ ގެތަކަށް ޒިޔާރަތްކޮށްފައިވާނެ ކަމަށާއި މި ޓީމުގައި އޭނާގެ އިތުރުން ރައީސް ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިން އާއި ޖެންޑަރ މިނިސްޓަރ އާމާލް އަލީ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ ބައިވެރިވެޑައިގެންނެވި ކަމަށެވެ. ގައުމައިގެން ކުރިއަށް ކޯލިޝަންގެ އަންހެން މެމްބަރުންގެ ޓީމުން އަތޮޅުތަކަށް ކުރަމުންދާ ދަތުރުތައް ވަރަށް ކާމިޔާބު ކަމަށްވެސް އެ ކޯލިޝަނުން މައުލޫމާތު ދޭ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ