ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމް.ޑީ.ޕީ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ހަމަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ހާމިދުގެ މައްޗަށް މިއަދު ހުކުމްކޮށްފައިވަނީ އޭނާގެ ޢައިރު ހާޒިރުގައެވެ.
އޭނާގެ މައްޗަށް ހަމަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކުރީ ކޯޓުގެ އަމުރާއި އެއްގޮތަށް ކޯޓަށް ހާޒިރުވެފައި ނުވާތީ، އޭނާ ކޯޓުގެ އަމުރަށް ނުކިއަމަންތެރިވި ކަމަށް ސާބިތުވާތީކަމަށް ކޯޓުންވަނީ ބުނެފައެވެ.
ހދ. ހޮނޑައިދޫގައި ބަނގުރާ ބޭނުން ކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމުން ފުލުހުންގެ އެދުމަށް ޔޫރިން ދޭން އިންކާރުކުރެއްވި މައްސަލައިގައި އުފުލާފައިވާ ދައުވާއަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ދެ ފަހަރެއްގެ މަތިން ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ނަމަވެސް މަޖިލީހުގެ އިދާރާގެ ހިމާޔަތް ހޯއްދަވައިގެން އޭނާ ހުންނެވުމުގެ ސަބަބުން ފުލުހުންނަށް އޭނާ ކޯޓަށް ހާޒިރުކުރެވޭ ގޮތް ވަނީ ނުވެފައެވެ.
ހާމިދުގެ މައްޗަށް ޖިނާއީ ކުށެއްގެ އަދަބު ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާއިރު، މެމްބަރު ކަމުގެ ގޮނޑި ނުގެއްލޭވަރުގެ ޖީނާއީ ހުކުމެއް މެންބަރެއްގެ މައްޗަށް އަޔަސް، މަޖިލީހަށް ހާޒިރުވެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު ވަނީ އިސްލާހުކޮށްފައެވެ..
ހާމިދު އަބުދުލްޣަފޫރު 6މަސް ދުވަހަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ