ރާއްޖެ ޓީވީ އިން މީހުންގެ އަބުރަށް އަރައިގަތީމަ ފައިސާ ދައްކަން ޖެހެނީ ނިކަމެތި ރައްޔިތުން

ރާއްޖެ ޓީވީ އޭ ބުނުމުމުން މިއީ ކޮން ފެންވަރެއްގެ ބައެއްކަން ދިވެހި ރައްޔިތުންނަކަށް އޮޅިފައެއް ނޯންނާނެއެވެ. ދޮގު ހަބަރު ފެތުރުމާއި މީހުންގެ އަބުރަށް އަރައިގަތުމުގައި ރާއްޖެޓީވީ އަކީ ދުނިޔޭގެވެސް އެއްވަނައެވެ.
އަބުރު ރައްކާތެރި ކުރުމުގެ ޤާނޫނު ފާސްކުރިފަހުން މިބައި މީހުނަށް މީހުންގެ އަބުރު ކަތިލެވޭ މިންވަރު ވަރަށް ބޮޑުތަން މަދެވެ. އެހެނަސް މީހުންގެ އަބުރަށް އަރައިގަނެ ޖުރިމާނާ ފައިސާ ދައްކަން ޖެހޭ ހިސާބަށް ދިޔުމުން އެކަން ކުރަން މިޖެހެނީ ދިވެހި ނިކަމެތި ރައްޔިތުންނެވެ. ދޮގު ހަބަރު ފަތުރާ ރާއްޖެޓީވީ އިން ހަދާފައިވާ ފަންޑަށް މުޅިންވެސް ލާރި ދެނީ މާ ބޮޑު ފުދުންތެރިކަމެއް ނެތް ރައްޔިތުންނެވެ.
ރައްޔިތުން ފެލައިގެން މީހުންގެ އަބުރަށް އަރާއިރު މިބައި މީހުންގެ ލަދު ހަޔާތް ކޮބައިބާ އޭ ހިތަށް އަރައެވެ. އަދި މީގެ އެންމެ ހެއްވާކަމަކީ އެމްޑީޕީގެ މަހުޖަނުން މިތިބެނީ މިކަންކަން ކޮށްފަ މާދުރުގަ ފިލާއެވެ. މިސާލަކަށް ނަޝީދު، އަލީ ވަހީދު، އަދި އަކްރަމް ކަމާލުއްދީނު ފަދަ މީހުން ވިލާތުގަ މަޖާ ކުރަނީއެވެ. ރައްޔިޔުން ހަދިޔާ ކުރާ ފައިސާއިން މިބައި މީހުން ގަންނަ ގަނޑަކީ މިއީއެވެ. ދެން މި އުޅޭ މާރިޔާ މެންކަހަލަ މީހުން ދުވަހަކުވެސް މި ފަންޑަށް ލާރިއެއް ދިންކަމެއް އެނގޭކަށްނެތެވެ. އެކަމަކު މާރިޔާއަތުގަވެސް ގެސްޓްހައުސް އަކާއި އެއާލައިނެއް އޮވެއެވެ.
މިއީ ދިވެހި ރައްޔިތުންނަށް ފާޅުގަ ކުރެވޭ މަލާމާތެއްކަން ޔަޤީނެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ