ރައީސް ޔާމީންގެ ވެރިކަމާއި ހަވާލުވެގެން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވި އެއް މަސައްކަތަކީ ރާއްޖެއާއި ހުޅުލެއާއި ގުޅުވާލުމުގެ މަސައްކަތެވެ. އެގޮތުން ޗައިނާ ސަރުކާރާއި ގުޅިގެން މާލެއާއި ހުޅުލޭ ގުޅުވާލުމަށް އެޅޭ ބްރިޖްގެ މަސައްކަތް ހަލުވި ސްޕީޑުގައި ކުރިއަށް ދާއިރު ބްރިޖު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ތެރޭގައެވެ.
އެގޮތުން ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމިން ރަޝީދު އިސްނަންގަވައިގެން ބްރިޖު މަތީގައި ކައިވެނިކުރަން ބޭނުންވާ މީހުންގެ ލިސްޓެއް ތައްޔާރު ކުރަމުންދާއިރު ބްރިޖްމަތީގައި ކައިވެނިކުރުމުގެ ޝައުގުވެރިކަން އެތަކެއް ދިވެހިންނެއް ދަނީ ފާޅުކުރަމުންނެވެ.
މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ކެދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ މައުރޫފުވެސް ވަނީ ބްރިޖުގެ މަތީގައި ކައިވެނި ކުރުމުގެ ޝައުގުވެރިކަން ފާޅުކުރަށްވާފައެވެ.
އެހެން މެންބަރު ވިދާޅުވެފައިވަނީ މިހާރު ސަރުކާރު ހިންގާ ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި " އަސްތާ"ގެ ނަމުގައި ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
" ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވަމުން ގެންދަވާ މަަސައްކަތްފުޅުތަށް މިދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ބަލާލިޔަސް ފެންނަމުން . އެގޮތުން އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ﷲ އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގެ ޖިންސުއްލަތީފުންގެ ކައިވެނިތަށް ބްރިޖު މަތީގައި ކުރެވިގެންދާނެ . އަޅުގަނޑުވެސް އުންމީދު ކުރަން އެކަހަލަ ކަމަކަށް.ﷲ އެކަން އަޅުގަނޑަށް މިންވަރު ކޮށްދެއްވާށި" ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
އަދި މިގައުމަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އެކު މަސައްކަތް ކުރަމުން ގެންދަވާތީ ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރާ ބަޔަކު މިގައުމުގައި އެބައުޅޭ ކަމަށް މެންބަރު ވަނީ ވިދާޅުވެފައެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވި ކޮންމެ ދިވެއްސަކީވެސް ދިވެއްސަކަށް ވީތީ ފަހުރުވެރިވާން ޖެހޭ ބައެއް ކަމަށާއި ބޭރުގެ ފިއްތުން ތަކުގެ ސަބަބުން އަޅުގަނޑުމެންގެ އީމާންތެރިކަން ބަރުބާރުކޮށްލާ ބައެއް ކަމުގައި ވެގެން ނުވާނެ ކަމުގައެވެ.
މެމްބަރު މައުރޫފުވެސް ބްރިޖްގެ މަތީޖައި ކައިވެނިކުރަން ބޭނުންވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ