މެމްބަރު ލަޠީފް އާއި ޝާހިދު ދޫކޮށްލައިފި

އިދިކޮޅު ފަރާތްތަކުން އިއްޔެ މަޖީދީމަގުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މަޖްލިސްގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އަބްދުﷲ ޝާހިދު އާއި ދިއްދޫ ދާއިރާގެ މެމްބަރ އަބްދުއް ލަޠީފް މުހައްމަދު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
ލަޠީފު އާއި ޝާހިދު ދޫކޮށްލިއިރު އެ ދެބޭފުޅުންގެ މައްޗަށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުވަނީ ކޮށްފައެވެ.
ފުލުހުން އިއްޔެ ހަވީރު އަބްދުﷲ ޝާހިދު ހައްުޔަރު ކުރީ ކިނބިދޫ ދާއިރާގެ މެމްބަރ އަދި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އާއި އެކު ސޯސަން މަގުންނެވެ.
އަބްދުއް ލަޠީފް ހައްޔަރު ކުރީ މަޖީދީ މަގާއި ޗާނދަނީ މަގު ގުޅޭ ކަންމަތިންނެވެ. ލަޠީފު އާއި އަބްދުﷲ ޝާހިދު ދޫކޮށްލި އިރު އަބްދުﷲ ރިޔާޒު ދޫކޮށްލާފައިނުވެއެވެ.
އަބްދުﷲ ރިޔާޒުގެ ގާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ވިދާޅުވީ ރިޔާޒު ހައްޔަރުކޮށްފައިވަނީ ކުއްލި ހާލަތުގެ ދަށުން ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ