ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަތުމަށް ބައިނަލް އަޤްވާމީ އެހީ މިހާރުން މިހާރަށް ބޭނުންކަމަށް ވިދާޅުވެ ބައިނަލް އަޤްވާމީ އެހީއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ޖަރުމަނު ވިލާތުގައި ހުންނެވި ގާސިމް ބައިނަލް އަޤްވާމީ އެހީއަށް ގޮވާލެއްވީ މިއަދު ހަވީރު ކުރެއްވި ޓްވިޓެއްގައެވެ.
ގާސިމް ވިދާޅުވީ ޤާނޫނު ހަދާ މަޖިލީހާއި ޝަރުއީ ދާއިރާ ސަރުކާރުން ޕެރެލައިޒް ކޮށްލާފައިވާ ކަމުގައެވެ. އަދި ޤައުމުގައި ގާނޫނީ ހުކޫމަތު ނުހިނގާއިރު މުޅިޤައުމަށްފަނީ ކޮރަޕްޝަން ފެތުރިފައިކަމަށް ގާސިމް ވިދާޅުވިއެވެ.
ރާއްޖޭގެ މައްސަލަ ހައްލުކޮށް ހައްޤުތައް އަނބުރާ ހޯދުމަށް ބައިނަލް އަޤްވާމީ އެހީ ވަގުތުން ބޭނުންވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ޤާނޫނީ ހުކޫމަތު އިޔާދަކުރުމަށް ބައިނަލް އަޤްވާމީ މުޖްތަމައުން ވަގުތުން ފިޔަވަޅު އެޅުމަށްވެސް ގާސިމް ގޮވާލެއްވިއެވެ.
ގާސިމް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ނުގެއްލޭގޮތަށް ރާއްޖެ މިހާލަތުން އަރައިގަތުމަށް ބައިނަލް އަޤްވާމީ ދުނިޔެއިން ފިޔަވަޅުއަޅަން ޖެހޭ ކަމުގައެވެ.
މިއޮތް ހާލަތުން ރާއްޖެ އަރައިގަތުމަށް ބައިނަލް އަޤްވާމީ އެހީ މިހާރުން މިހާރަށް ބޭނުންވޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ