މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓް ކެނޑިއްޖެ
ކުއްލިގޮތަކަށް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓަރ އަލީ މުޖުތަބާ ވިދާޅުވީ ކަރަންޓް ކެނޑުނު ހުރިހާ ދިމާލަކަށް މިހާރު ކަރަންޓް ދެވިފައިވާކަމަށެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ޕަވަރ ޖެނެރޭޝަން އޭރިޔާގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. ދޭތެރެ ދޭތެރެއިން މާލެ އިން ކަރަންޓް ކެނޑުމަށް ދިމާވާ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މާލެއިން ކަރަންޓް ކެނޑެމުންދާ މައްސަލަ ދެނެގަނެ އެކަން ހައްލު ކުރެވޭނެ ގޮތްތައް ހޯދުމަށް ބޭރުގެ ބަޔަކާ ހަވާލުކޮށްގެން ދިރާސާއެއް ކުރަން ސްޓެލްކޯއިން ނިންމާފައިވާ ކަމަށް މީގެކުރިން އެ ކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ