ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާ ބަޔަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާ ބަޔަކު ހައްޔަރުކޮށްފިއެވެ
މިމަހުގެ 10 އަދި 12 ވަނަ ދުވަހު ހިނގި ދެ އޮޕަރޭޝަނުގައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
ދެ ކުޑަކުދިންނާއި ފަސް މީހަކު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ބަލައިފާސްކޮށް ކަމަށް ފުލުހުން ބުނެއެވެ. އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިމްލު ހުސްކުރި 20 ދަޅާއި 66 ސެލޯފިންކޮޅާއި ބޮޑު ރަބަރު ގަނޑަކާއި ރަބަރު ޕެކެޓެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޓިޝޫ ގަނޑަކާއި ފޮތިކޮތަޅަކާއި ކެނެބިސް އޮށްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކޮށްފައިވަނީ ގަލޮޅުގެ ގެއެކެވެ. ނަމަވެސް އެއީ ކޮން ގެއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި ފިލްމު ހުސްކުރި ހަތަރު ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި ވަޅިއަކާއި ކަތުރެއްގެ އިތުރުން ކައްޓާއަކާއި 10600 ރުފިޔާއަށްވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ