ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހީމް މުއާޒު އަލީ ވަނީ އެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުން މިއަދު ޓުވީޓެއް ކުރައްވައިފައެވެ.
ދުންޔާ ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުން ގެންގުޅޭ އުސޫލުތަކާ މެދު އުފެދުނު ޚިޔާލުތަފާތުވުމެއްގެ ސަބަބުން ކަމަށް އެކަމަނާ ވަނީ ކުރިން ވިދާޅުވެފައެވެ.
އިސްތިއުފާދެއްވުމަށްފަހު އެކަމަނާ ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ.
އެކަމަނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ޔާމީނަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދަވައި ދެން ދުވަހަކު ވެސް ޔާމީނަށް ތާއީދު ނުކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ.
ދުންޔާ ފޯނު ނުނަންގަވާތީ މިކަމާ ބެހޭގޮތުން އެކަމަނާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ދުންޔާ މައުމޫން އައްޔަން ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ