މޫސުން ވަރަށް ބޮޑަށް ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ދެކުނު ސަރަހައްދުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ކޮޅިގަނޑުތަކުގައި 30 މޭލާއި 40 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ އިރު ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވުން ވެސް އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ އިދާރާ އިން ބުނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއިއެކުބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަިދ އުތުރުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރާނެކަމަށް ލަފާކުރެވެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު އެހެންހިސާބުތަކަށް ގަޑިއަކު 6 މޭލާ 16 މެލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ.
ދެކުނުގެ ކަނޑުތައް ގަދަވިނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ