ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓްގައި ފައިސާ ނެތިގެން ވިލިމާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުން ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފިކަން ރާއްޖެ އެމްވީއަށް އެނގިއްޖެ އެވެ.
ސިވިލް ކޯޓްގެ ބައެއް އޮފިޝަލުން ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ވިލިމާލެ އާއި ހުޅުމާލެއަށް ޗިޓް ފޮނުވުން ހުއްޓިފައި އޮތީ، ފެރީ ޓިކެޓް ގަންނަން ފައިސާ ނެތުމުން ކަމަށެވެ. ވިލިމާލެ އާއި ހުޅުމާލެއަށް ޗިޓް ނުފޮނުވޭތާ ދެ ހަފުތާއެއްހާ ދުވަސްވެފައި ވާއިރު، އެހެން ބައެއް ހަރަދުތައް ވެސް، އަދި މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް ވެސް ފުއްދައިދޭން ދަތިވެފައިވާ ކަމަށް، ރާއްޖެ އެމްވީއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
"ބަޖެޓް ތާށިވެގެން ވަރަށް ގިނަ ކަންކަން ނުވެ އެބަހުރި. ފެންވެސް ބައެއް ނުވަސް ދުވަހު ނުލިބޭ. މައްސަލަތައް ދަނީ ފުނިޖެހެމުން،" އޭނާ ވިދާޅުވި އެވެ.
ބަޖެޓްގެ މައްސަލައަށް ހައްލެ ލިބޭނެ ދުވަހެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ސިވިލް ކޯޓުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ. 
މި އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓްގައި ޝަރުއީ ނިޒާމަށް ކަނޑައަޅާފައިވަނީ، 2016 ވަނަ އަހަރަށް ވުރެ 100 މިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ. މި އަހަރުގެ ޝަރުއީ ނިޒާމުގެ ބަޖެޓަކީ 367 މިލިއަން ރުފިޔާ އެވެ.  
 
6 ދުވަަސްކުރިން
ހުރިހާ މިނިސްޓްރީ އެއްވެސް އޮތީ ތިހާލަތުގައި މިއަންނަ މަހު ސަރުކާރު މުޢައްޒިފުންނަށް މުސާރަ ދެވޭހާ ވަރުވެސް ނެތިގެން އިންޑިޔާއިން 100 މިލިޔަން ޑޮލަރ ނަގަންޖެހުނީ މިދާވަރުން ދާނަމަ ބޭންކް ތަކުން ފައިސާ ނެގުން ދުވާލަކަށް 2000 ރ ގެ ލިމިޓެއް ކަނޑައަޅާނެހެން ހީވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ