ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އައްޔަންކުރެއްވި އަށް މެންބަރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރައްވާފައިވާތީ، ރައީސް މައުމޫން އައްޔަންކުރެއްވި މެންބަރުންތަކެއް ކޯޓަށް ހުށަހެޅުއްވި މައްސަލަ ނުބާއްވާތާ ދޮޅު އަހަރަށް ފަހު މާދަމާ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ބޭއްވުމަށް ސުޕްރީމް ކޯޓުގައި ޝެޑިއުލްކޮށްފި އެވެ.
އަށް މެންބަރުން ވަކިކުރި މައްސަލައިގައި ދައުވާކުރަނީ، ރައީސްގެ މެމްބަރުންގެ ގޮތުގައި އޭރު ތިއްބެވި އަދި މިހާރު މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފެވެ.
އެ މައްސަލަ ކުރީގެ މަދަނީ ކޯޓުންނާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ އެ މެންބަރުން ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އޭޕްރީލް ،4 2009ގަ އެވެ.
އެ މައްސަލައިގައި މަދަނީ ކޯޓަށް ހުށަހެޅުއްވި ދައުވާގައި ބުނަނީ ކުރީގެ ރައީސް މައުމޫން ރައްޔިތުންގެ މަޖިލީހަށް އައްޔަން ކުރައްވާފައިވާ މެންބަރުން ކުރީގެ ރައީސް ނަޝީދު ވަކިކުރައްވާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އެހެންވެ އެ ނިންމުން ބާތިލުކުރުމަށް އެ ދައުވާގައި އެދިފައިވެ އެވެ. އަދި އާ މެންބަރުން މަޖިލީހަށް އައްޔަންކުރެއްވީ ވެސް ރައީސަށް ލިބިވަޑައިގެންނުވާ ބާރުތަކެއް ބޭނުން ކުރައްވައިގެން ކަމަށް ވެސް އެ ދައުވާގައި ބުނެފައިވެ އެވެ.
ދޮޅު އަހަރަށް ފަހު އަށް މެންބަރުންގެ މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ