އޭސީސީން ނެކްސްބިޒްއަށް މާފަށް އެދުމަށް ކޯޓު އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި

ފޮޓޯ: ސަންދާނުއެންޓިކޮރަޕްޝަން ކޮމިޝަނުން ނެކްސްބިޒްއަށް މާފަށް އެދުމަށް ކޯޓު އަމުރެއް ނެރެދިނުމަށް ނެކްބިޒް އިން އެދުނު މައްސަލައިގައި އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ. މިކަމާ ގުޅިގެން މިއަދު ސިވިލް ކޯޓުންކުރި ހުކުމްގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ކަމާ ބެހޭ ގާނޫނުތަކަށާއި ދެފަރާތުން ދެއްކިވާހަކަތަކާއި ހުށަހެޅިފައިވާ ހުރިހާ ލިޔުންތަކާ ވީޑިއޯތައް ބަލައި ޝަރީއަތުން ދިރާސާކުރި އިރު، ގާނޫނު އަސާސީ އާއި ގާނޫނުގައި ކަނޑައެޅި ގަރާރުކުރެވިފައިވާ ހުދޫދުގެ ބޭރުން އެސީސީން އެއްވެސް ކަމެއް ކޮށްފައިވާކަން ޝަރީއަތަށް ސާބިތުނުވާ ކަމަށެވެ. މިކަމާ ގުޅިގެން ނެކްސްބިޒުއިން ކުރި ދައުވާގައި އެދިފައި ވަނީ އޭސީސީން މީޑިއާގައި ދައްކާ ވާހަކަތަކަކީ ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުމާ ގުޅޭގޮތުން ކޯޓުތަކުގައި ހުރި މައްސަލަތައް ނިމެންދެން އެކަމާ ބެހޭ އެއްވެސް ވާހަކެއް ނުދެއްކުމަށް އޭސީސީގެ މައްޗަށް އަމުރުކޮށް ދިނުމަށާއި އޭސީސީގެ އެ އަމަލުތަކުގެ ސަބަބުން ނެކްސްބިޒަށް މުޖުތަމައުގައި ލިބިފައިވާ ގަދަރަށް ނޭދެވޭ އަސަރު ކުރާތީ އެކުންފުނީގެ ކިބައިން އޭސީސީން އާންމުކޮށް މައާފަށް އެދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ