ދިވެހި ލީގް، ދެ ވަނަ ބުރު: ހަވީރު ސްޕޯޓްސް އެވޯޑަށް ވާދަކުރާ މޮޅު ކުޅުން ތެރިންނާއި، ކޯޗާއި މޮޅު ރެފްރީން ނަން އިއުލާން ކޮށްފި

ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރަތުގެ ކުޅުން ނިމިފައިވާއިރު، ދެ ވަނަ ބުރުން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ ފަސް ކުޅުން ތެރިނާއި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުން ތެރިޔާއާއި އެންމެ މޮޅު ކޯޗު އަދި އެންމެ މޮޅު ރެފްރީގެ މަގާމަށް ވާދަކުރާ ފަރާތްތައް ދުވަހު ނޫސް "ހަވީރު" އިން އިއުލާން ކޮށްފިއެވެ.
ހަވީރުގެ ޓްރޮފީ އާއި 30000ރ. ހުށަހަޅާފައިވާ، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުން ވާދަކުރަނީ މިދިޔަ އަހަރު އެ މަގާމު ހޯދި ވީބީ ސްޕޯޓްސްގެ މުހައްމަދު އާރިފު (ބަކާ) އާއި އެ ޓީމުގެ ޝަމްވީލް ގާސިމް (ބޮންޑާ) އާއި ވިކްޓަރީގެ އިބްރާހިމް ފަޒީލް (އޮއްޕޮ)އާއި މާޒިޔާގެ މުހައްމަދު އުމެއިރު އަދި ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އެވެ.
މިދިޔަ އަހަރު ހަވީރުން މުޅިން އަލަށް ތައާރަފްކުރި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ ވެލެންސިއާގެ އަސަދުﷲ އަބްދުﷲ އާއި ރިލްވާން ވަހީދާއި އިބްރާހިމް ހަމްދާން އޭވައިއެލްގެ ސަމްދޫހު މުހައްމަދު އަދި އީގަލްސްގެ ގޯލްކީޕަރު ތޮލާލް ހަސަން އެވެ.
ހަވީރުގެ ޓްރޮފީއާ އެކު 15000ރ. ހުށަހަޅައިފައިވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ލީގުގެ ދެ ވަނަ ބުރުން ވާދަކުރަނީ މިދިޔަ އަހަރު މި މަގާމު ހޯދި ވީބީގެ ތުރުކީ ކޯޗު ޖޭން ވަންލީ އާއި ވިކްޓަރީގެ އަލީ ސުޒޭން އާއި ނިއު ރޭޑިއަންޓުގެ މުހައްމަދު ޝިޔާޒު (މޯހަން) އާއި މާޒިޔާގެ އިސްމާއިލް މަހެފޫޒް (އިންމަ) އަދި އީގަލްސްގެ ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ.
އެންމެ މޮޅު ރެފްރީގެ މަގާމަށް ލީގުގެ ދެ ވަނަ ބުރުން ވާދަކުރަނީ މިދިޔަ އަހަރު އެ މަގާމު ހޯދި އަލީ ސަލީމާއި އަހުމަދު އަސްލަމާއި މުހައްމަދު ފަރީދާއި އަފީފް އަބްދުއް ސަމަދު އަދި ކުރިން ތިން ފަހަރު މި މަގާމު ހޯދައިފައިވާ އަހުމަދު އަމީޒެވެ.
ހަވީރު ފުޓުބޯޅަ ޖަޖިން ޕެނަލްގައި ފުޓްބޯޅަ ކޯޗުންނާއި މެނޭޖަރުން އަދި ކުރީގެ ކުޅުންތެރިންނާއި ރެފްރީންގެ އިިތުރުން ނޫސްވެރިން ވެސް ހިމެނެ އެވެ. ޖުމްލަ 20 ބޭފުޅުން ހިމެނޭ ޖަޖު ކޮމިޓީގެ އިސް ފަނޑިޔާރަކީ މެޗު ކޮމިޝަނަރު މުހައްމަދު ހާޝިމެވެ. އިސް ފަނޑިޔާރުގެ އެހީތެރިއަކީ ޕެރިސް އަހުމަދު ނަސީމް ކަމަށް ވެސް ހަވީރުން މައުލޫމާތު ދެއެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ