ގައުމުގައި ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމްކުރުމަށް ހުރިހާ ރައްޔިތުން މަސައްކަތްކުރުމަށް ރައީސް ގޮވާލައްވައިފި

ގުޅޭ :ފޮޓޯ ގެލެރީ : ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާޖަލްސާގައި ރައީސް ޑރ. ވަހީދު ދެއްކެވި ވާހަކަފުޅު22:38 ދުޢާއަކުން ޖަލްސާ ނިންމާލައިފި.22:31 ދުވަހާ ގުޅޭ ޚާއްޞަ ސަޕްލިމެންޓެއް ރައީސް ނެރުއްވައިދެއްވައިފި.22:30 ރައީސްގެ ވާހަކަފުޅު ނިންމަވާލައްވައިފި22:26 ދިވެހި ސިފައިން ދީނާއި ގައުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ވަޒަންކޮށް އެބޭފުޅުންނަށް ރައީސް ހިތްވަރުދެއްވި. އަދި އެބޭފުޅުންނަށް ޣައިރު ގާނޫނީ އެއްވެސް އަމުރެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވި. އަދި ފުލުހުންނާއި ސިފައިން ރައްޔިތުންނަށް އޯގާތެރިވުމަށް އެދިލެއްވި. ރައްޔިތުންވެސް އެބޭފުޅުންނަށް އިހްތިރާމްކުރުމަށް އެދިލެއްވި.22:25 މާތް ﷲ ގެ ވާގިފުޅާއެކު މަސައްކަތްކުރާނީ އިސްލާމްދީނާއި ގާނޫނުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސް ވިދާޅުވި.22:24 ގައުމުގެ ހަމަޖެހުމާ ސުލްހަމަސަލަސް ކަމަށްޓަކައި މަސައްކަތްކުރުމަކީ އެންމެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި.22:21 ރައީސް ވިދާޅުވީ އިސްލާމްދީނުގެ އަލިކަން ރާއްޖޭގެ ރައްޔިތުންނަށް ލިބުމަކީ މާތް ﷲ ދެއްވި ވަރަށް ބޮޑު ނިއުމަތެއް ކަމަށާއި މިނިއުމަތް ގެއްލިގެން ދިއުމަށް އެދޭ ބަޔަކު ތިބި ކަމަށް.22:19 ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު ވަހީދު ދުވަހާ ގުޅޭ ގޮތުން ގައުމާ މުހާތަބުކުރައްވަނީ.22:15 ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ދީނީ ޅެމެއް ހުށަހަޅާދެނީ.22:12 ޒަކާތުގެ ފަންޑުން މަތީތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ސްކޯލަރޝިޕް ދިނުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި ޒަކާތުގެ ފައިސާ އަވަސް މުއްދަތެއްގައި އޭގެ ހައްގުވެރިންނަށް ރައްދުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވި.22:09 އިޖުތިމާއީ އަހްލާގް ރަނގަޅުކުރުމަށާއި އިސްލާމީ އިގްތިސާދީ ނިޒާމް ހަރުދަނާ ކުރުމަށް އިސްލާމިކް މިނިސްޓްރީން މަސައްކަތްކުރަން ވަނީ ނިންމާފައި : ޝައިޚް ޝަހީމް22:08 އިސްލާމީ އަޤީދާ ޙިމާޔަތްކޮށް މަކާރިމުލް އަޙްލާޤް ގާއިމްކުރުމަށް މަސައްކަތްކުރުމަށް ޝަހީމް ގޮވާލެއްވި.22:07 ހުރިހާ ހާލަތެއްގައިވެސް ތެދުވެރިކަމާއި އެކުވެރިކަން އިސްކުރަން ޖެހޭ ކަމަށާއި އަޅުގަނޑުމެންގެ ކަންތައްތައް އަޅުގަނޑުމެން އަމިއްލައަށް ރަނގަޅުކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވި.22:06 އިސްލާމްދީނުގައި އަޅުކަންތައްތައް ތަރުތީބުވެފައިވަނީ އެއްބައިވަންތަކަން ގާއިމްކުރެވޭ ގޮތަށް ކަމަށާއި އެގޮތުން ނަމާދުގެ ޖަމާއަތާއި ޙައްޖުގެ އަޅުކަމާއި ޒަކާތުގެ އަޅުކަމުން އެއްބައިވަންތަކަން ރަމްޒުކޮށްދޭ ކަމަށް މިސާލުދައްކަވައި ބަޔާންކުރެއްވި.22:04 އެއްބައިވަންތަކަމުގެ މައިބަދައަކީ އިސްލާމީ އަޤީދާ. ދައުލަތުގެ ތަނބުތައް ވަރުގަދަކުރުމަށް އެއްބައިވަންތަކަމުގެ ކިއްލާއަށް ވަންނަންޖެހޭ : ޝަހީމް22:03 ގައުމު މިވަނީ އެތައް ހަރުފަތްތަކެއް ގިރާކުރަންޖެހިފައި. އެހިސާބަށް ވާސިލްވެވޭނީ އެއްބައިވެ އުހުއްވަތްތެރިކަން ގާއިމްކޮށްގެން : ޝަހީމް22:00 އިސްލާމްދީނަކީ ޢިލްމާއި ފިކުރުކުރުމުގެ ދީން ކަމަށާއި އިންސާނުންގެ ހައްގުތައް ރައްކާތެރިކޮށްދީފައިވާ ދީން ކަމަށް.21:59 ޝައިޚް ޝަހީމް ވިދާޅުވީ ސްކޫލް ފަދަ ތަންތަނުގައި ގައުމީ ކަމެއްގެ ގޮތުގައި މިދުވަހާ ގުޅިގެން ޖަލްސާއެއް ބޭއްވުމަކީ މައްސަލައެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް.21:58 ޝައިޚް ޝަހީމް ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަކީ ދީނީ އަޅުކަމެއްގެ ގޮތުގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށް. އެގޮތުން އެދުވަހާ ގުޅިގެން ފޮތްފޮށި ކިޔެވުމާ އެފަދަ އަޅުކަމުގެ ކަންތައް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި.21:56 އިސްލާމިކް މިނިސްޓަރ ޝައިޚް ޝަހީމް ވާހަކަދައްކަވަނީ.21:24 ރާއްޖެ އިސްލާމްވި ދުވަހާބެހޭ ތާރީޚާ ގުޅޭ ގޮތުން ޕްރެސެންޓޭޝަނެއް ދައްކަނީ. ޕްރެސެންޓޭޝަން ހުށަހަޅުއްވަނީ ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން މުޙައްމަދު ވަހީދު ނަދުވީ.21:21 އިސްލާމްދީނުގެ ޙައްޤުގައި ވާހަކަދައްކައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކޮށްގެން އެއްވެސް ބަޔަކު މިސަރުކާރުން ހައްޔަރުނުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި.21:18 މިހާރު ވާހަކަފުޅުދައްކަވަނީ ހޯމް މިނިސްޓަރ ޑރ. ޖަމީލް. ރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް ޖަމީލް ފޮނުވި. ރައްޔިތުންނާ މުހާތަބުކުރެއްވުމަށް ރައީސް ވަޑައިގެންނެވިކަމަށްޓަކައި ޝުކުރުދެންނެވި.ޖަމީލް ވިދާޅުވީ އިސްލާމްދީނުގެ ތައުލީމް ރައްޔިތުންނަށް ދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށް. އަދި އޭނާ ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް.21:13 މިޖަލްސާ ދަނީ ޓީވީއެމް އާއި ވީޓީވީ އަދި ދިޓީވީން ވަގުތުން ދުރަށް ފޮނުވަމުން.21:12 އަޝްރަފް ގެންދަވަނީ ރާއްޖެ އިސްލާމްވި ދުވަހާ ބެހޭ ތާރީޚީ މައުލޫމާތު ވިދާޅުވަމުން.21:10 ޖަލްސާ ތައާރަފްކުރައްވަނީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް.21:05 ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯމް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ ޚާއްޞަ ޖަލްސާ އިސްމާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ފަށައިފި. ޖަލްސާ ފެށީ ޤުރުއާނުގެ ބަރަކާތުން އައްޝައިޚް ތައުފީޤް.މިޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަޙީދު ޙަސަންމަނިކު ބައިވެރިވެވަޑައިގަންނަވާ. އަދި ދުވަހާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސަޕްލިމެންޓެއް ނެރެދެއްވައި ރައީސް ގައުމާ މުޚާތަބުކުރައްވަން ވަނީ ހަމަޖެހިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ