ދީނީ ގޮތުންނާއި އިޖުތިމާޢި ގޮތުން ރައްޔިތުން ހެލުންތެރިކުރުމުގެ ޕްރޮގުރާމުގެ ދަށުން ޢަދާލަތު ޕާޓި އިން ތިލަދުންމައްޗަށް

ޢަދާލަތު ޕާޓީއިން ރާއްޖޭގެ ރަށަކަށް ކުރި ދަތުރެއްގެ ތެރެއިންދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށްޓަކައި ޢަދާލަތު ޕާޓިއިން ފަށާފައިވާ ސިލްސިލާ ޕްރޮގުރާމުގެ ދަށުން ތިލަދުންމަތީ ދެކުނު ބުރިއަށް މިއަދު ފުރުމަށް ހަމޖެހިފައިވާ ކަމަށް ޢަދާލަތު ޕާޓީއިން ބުނެފިއެވެ.މިދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ ޢަދާލަތު ޕާޓީގެ އޮފީޝަލެއް ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިދަތުރުގައި 23،24 އަދި 25 ގައި ވައިކަރަދޫއާއި މަކުނުދޫގައި އަންހެންބޭފުޅުންނަށް އަމާޒުކޮށްގެން ‘ދަރިންނަކީ އަމާނާތެއް’ މިވޯކް ޝޮޕް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެނާ ވިދާޅުވީ މިވޯކް ޝޮޕްގައި 170 އަންހެން ބޭފުޅުން ބައިވެރިވުމަށް ނަން ނޯޓްކޮށްފައިވާ ކަމަށާއި، މިވޯކް ޝޮޕްގައި ކިޔަވައިދެއްވާނީވެސް އަންހެން ބޭފުޅުންކަމަށެވެ.އޮފިޝަލް ވިދާޅުވީ ވައިކަރަދޫއާއި މަކުނުދޫގެ އިތުން ނެތްލައިދޫ، ނާވައިދޫ، ނޭކުރަންދޫގައި އައްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.މިއަދުން ފެށިގެން މިމަހުގެ 30 ނިޔަލަށް ކުރުމަށް ހަމަޖެހިފައިވާ މިދަތުރުގައި އައްޝައިޚް އިލްޔާސް ޙުސައިންގެ އިތުރުން ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ބައިވެރިވެ ވަޑައިގަންނަވާނެކަމަށް ދިއިސްލާމަށް މަޢުލޫމާތު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ