ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރާނަން: ޔާމީން

ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރައްވާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަމުގެ ގަރާރު ހަވާލުކުރުމަށް ރޭ ނަސަންދުރަ ޕެލެސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ ޝަރުއީ ދާއިރާގައި މައްސަލަ ހުރިކަމަށް އުއްތަމަ ފަނޑިޔާރުވެސް ވިދާޅުވެފައިވާކަމުގައެވެ.
ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެންނަންޖެހޭ ހާލަތްތަކުގައި އެކަންވެސް ކުރައްވާނެކަމަށް ޔާމީން ވިދާޅުވިއެވެ.
އަދި ބޭރުގެ އިންވެސްޓަމަންޓްތައް ގެނައުމަށްވެސް ޝަރުއީ ދާއިރާގެ އިތުބާރު ޔަގީންކުރަން ޖެހޭކަމަށް ޔާމީން ރޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ