ނިލަންދޫ އިންޖީނުގެ ފެނަކައިގެ ދަށަށް ބަަދަލުކޮށްފި

ރައްޔިތުންގެ އިންޖީނުގެ ގޮތުގައި ހިންގަމުން އައި ގއ. ނިލަންދޫގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަންގެ ދަަށަށް ބަދަލުކޮށްފި އެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ އެ ރަށު އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލު ކުރުމާއެކު، ނިލަންދޫ ރައްޔިތުންގެ އިިތުބާރާއެކު އެ ރަށަށް ރަނގަޅު ފެންވަރަކަށް ކަަރަންޓު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިންޖީނުގެ ފެނަކައިގެ ދަށަށް ބަދަލު ކުރުމުގެ ފުރުސަތު އެ ރަށު ރައްޔިތުން ދީފައިވާތީ އެކަމަށް އޭނާ ޝުކުރު އަދާ ކުރެއްވި އެވެ.
ނިލަންދޫގެ އިތުރުން އިތުރު 148 ރަށެއްގައި ފެނަކައިން އަންނަނީ ކަރަންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް ދެމުންްނެވެ.
ރާއްޖޭގެ ގިނަ ރަށްތަކަކަށް މިހާރު ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ދިން 150 މިލިޔަން ރުފިޔާއިން 76 ޖަނަރޭޓަރު ހޯދަން ފެނަކައިން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.
ނިމާލް ވިދާޅުވީ އެ ޖަނަރޭޓަރުތައް އަންނަ މެއި މަހު ފަހުކޮޅު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެކަމަކު އޭގެ ކުރިން ވެސް އިންޖީނުތައް ލިބޭތޯ މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެ ކުންފުނީގެ އަމާޒަކީ ރޯދަ މަހުގެ ކުރިން ގިނަ ރަށްތަކެއްގައި އާ ޖަނަރޭޓަރުތައް ބެހެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭގޮތުގައި މި ޖެނެރޭޓަރުތައް ބެހެއްޓުމާއެކު މިހާރު ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ. މިހާރު މި މައްސަލަ ބޮޑަށް ދިމާވަނީ އެންމެ އިންޖީނަކުން މި ރަށްރަށުގައި ހިދުމަތް ދެމުން އަންނާތީ،" ނިމާލް ވިދާޅުވި އެވެ.
އަލަށް ގަންނަ ޖަނަރޭޓަރުތަކަކީ 160 ކިލޯ ވޯޓުން ފެށިގެން ދެ މެގަ ވޯޓާ ދެމެދުގެ ޖަނަރޭޓަރުތަކެކެވެ. އެ ޖަނަރޭޓަރުތައް ބެހެއްޓޭނެ ތާރީހެއް އިނގޭނީ އެ ތަކެތި މާލެ ގެނެވޭނެ ދުވަހެއް އެނގުމުން ކަމަށް ނިމާލް ކުރިން ވިދާޅުވި އެވެ.
ފެނަކައިން މިހާރު އަަންނަނީ ތ. މަޑިފުއްޓާއި ބުރުންޏާއި ލ. މާމެންދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރަމުންނެވެ.
އެ ކުންފުނިން ބުނީ އެ މަސަައްކަތުގެ ޑީޓެއިލް ސާވޭ ކުރުމަށް އެތަނުގެ މުވައްޒަފުން އެ ރަށްތަކަށް މިހާރު ދަތުރުކުރަމުން އަންނަ ކަމަށާއި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމެނޭ ކަމަށެވެ. އަދި އެ ތިން ރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ވެސް 12 ނުވަތަ 14 މަސް ތެރޭގައި ނިމޭނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ