ސްޓެލްކޯގެ އިންޖީނުގެ ތަކުގެ ވެރިންނަށް ހާއްސަ ޕްރޮގްރާމެެއް

ސްޓެލްކޯގެ ޕަވަ ހައުސް މެނޭޖާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މިއަދު ފަށައިފި އެވެ.
ސްޓެލްކޯގައި ކުރިއަށްދާ މި ޕްރޮގްރާމު ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.
މި ޕްރޮގްރާމަކީ ސްޓެލްކޯގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، މެނޭޖަރުންނަށް ބާއްވާ ހަރަކާތެކެވެ.
ސްޓެލްކޯގެ ޕްރޮގްރާމުގައި ބައިވެރިވާ އެ ކުންފުނީގެ މެނޭޖަރުން -- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯ އިން ހިދުމަތްދޭ 30 ރަށެއްގެ އިންޖީނުގެތަކުގައި މަސައްކަތް ކުރާ މެނޭޖަރުންނަށް އަމާޒުކޮށްގެން މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހަތަރު ދުވަހުގެ މުއްދަތަކަށެވެ.
މި ޕްރޮގްރާމްގެ ސަބަބުން މެނޭޖަރުންގެ ހިންގުމުގެ ހުނަރުތަކާއި، މުވައްޒަފުން ބިނާކޮށް، މުވައްޒަފުންގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތް ކުންފުންޏަށާއި، ރައްޔިތުންނަށް ލިބިގެންދާނެ ގޮތްތައް ދަސްވެގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މި ޕްރޮގްރާމްގެ ތެރެއިން ކުންފުނީގެ އެކި އެކި ދާއިރާތަކުގެ މަސައްކަތްތަކަށް އަހުލުވެރިވުމަށް ފުރުސަތު ލިބި، ހުރިހާ އިންޖީނުގެއެއްގެ މަސައްކަތްތައްވެސް އެއް މިންގަނޑަކުން ކުރުމަށް ބާރު އެޅިގެންދާނެ ކަމަށްވެސް ސްޓެލްކޯ އިން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ