އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އަކްރަމް އައްޔަން ކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި ފަރީދީނޫރު އަހްމަދު އަކްރަމް ޢައްޔަން ކުރައްވައިފިއެވެ.
އަކްރަމް މި މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އަކްރަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރެވެ.
އަކްރަމް މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމާއި ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައެވެ. އަދި އަކްރަމް ވަނީ އެ ކޮމިޝަނުގެ ސްޕޯކްސްޕަރސަންގެ މަގާމުވެސް ފުރުއްވާފައެވެ.
އަކްރަމް އަކީ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ބްރިޓިޝް ސްކޫލް އޮފް ކޮމަރސްއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ