16 އަހަރުގެ ސްކޫލް ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ބަލަން ފަށައިފި

ށ. އަތޮޅު ރަށެއްގެ 16 އަހަރުގެ ދެ ކުދިން ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ތެރޭގައި ބަނޑުބޮޑުވި ސްކޫލް ކުއްޖެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ށ. އަތޮޅު ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ތަހުގީގް ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައިގެ ތަފްސީލް ދެއްވަމުން އެ އަތޮޅު ރަށެއްގެ ކައުންސިލް މެމްބަރަކު ސަން އަށް ވިދާޅުވީ ގްރޭޑް 9ގައި ތައުލީމް ހާސިލް ކުރަމުން އަންނަ އެ ކުއްޖާ ބަނޑުބޮޑުވެގެން އެ މައްސަލަ ފުލުހުންނާއި ޖެންޑާއިން ބަލަމުން އަންނަ ކަމަށެވެ. ރަށުތެރޭ ވާހަކަ ދެކެވޭ ގޮތުން އެ އަންހެން ކުއްޖާ ބަނޑުބޮޑުވެފައި ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެ ރަށު ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ 18 އަހަރުން ދަށުގެ ކުއްޖަކަށް ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ. "ސޯޅަ އަހަރުގެ އެ ކުއްޖާ ބަނޑުބޮޑުވެގެން އުޅެނީ، އެ ކުއްޖާގެ ބަނޑަށް ފަސް މަސް ކަމަށް ވެފައިކަމަށް ވަނީ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ. މީގެ ކުރިން އެ ކުއްޖާގެ ފަރާތުން އެފަދަ އެހެން މައްސަލަތަކެއް ފެންމަތިވެފައިނުވާ ކަމަށް ކައުންސިލުން ބުންޏެވެ. ބަނޑުބޮޑުވުމުގެ ސަބަބުން އެ ކުއްޖާ މިހާރު ސުކޫލަކަށް ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ