ހުޅުމާލޭގެ ފުޓުބޯޅަ ޓްރެއިނިން ސްކޫލް ވެސް ވަގުތީ ހިޔާއަކަށް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ހުޅުމާލޭގައި އަޅަމުންގެންދާ ފުޓްބޯޅަ ޓްރެއިނިން ސްކޫލު ވެސް ކޮވިޑް19 އާއި ގުޅިގެން ވަގުތީ ހިޔާއަކަށް ބަދަލު ކުރަން ނިންމައިފިއެވެ.
ހުޅުމާލޭގައި ހަދާ ފުޓްބޯޅަ ޓްރެއިނިން ސްކޫލުގެ މަސައްކަތް ނިންމާ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވީ މި ވަގުތު އެތަން ބޭނުން ކުރާނީ ވަގުތީ ހިޔާއެއްގެ ގޮތުގައި ކަމަށެވެ. އެތަނުގެ 24 ކޮޓަރި ނިމިފައިވާ ކަމަށާއި މުހިއްމު އެކި ކަންކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް މިހާރު ވަނީ އެތަން ބޭނުން ކުރަން ފަށާފައި ކަމަށް މަހުލޫފު ވިދާޅުވިއެވެ.
Twitter Embeded
މަހުލޫފު ވިދާޅުވީ މި މަސައްކަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި ނައިބު ރައީސް ފައިސަލް ނަސީމްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގައި ޖެންޑާ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާތްގަނޑަކަށް 100އަށް ވުރެ ގިނަ ކުދިންގެ ޖާގައަށް ހެދި ފުޓްބޯޅަ ޓްރެއިނިން ސްކޫލު މީގެ ކުރިން ހިންގަން ހަމަޖެއްސީ ކުދިން އެތަނުގައި ބަހައްޓައިގެން ކިޔެވުމުގެ ފުރުސަތު ވެސް ލިބޭގޮތަށެވެ. އެ ސުކޫލާ އެކު ޓާފް ދަނޑަކާއި ކުޅުންތެރިން ދިރުއުޅެވޭނެ ބުލޮކުތަކެއް އަދި ރަނގަޅު ފެންވަރުގެ ޖިމެއްގެ އިތުރުން މިސްކިތެއް ވެސް ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ