ޖުލައި މަހުގެ ކަރަންޓް ބިލް ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވޭ - ސްޓެލްކޯ

ޖުލައި މަހުގެ ކަރަންޓް ބިލް ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން މިހެން ބުނެފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ ހުސައިން ފަހުމީ ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް މާރިޗް މަހާއި ޖުލައި މަހަކީ ކަރަންޓް ބިލް ބޮޑުވާ ދެމަސް ކަމަށެވެ.
އަދި ބިލް ބޮޑުވާ ސަބަބު ދެނެގަތުމަށް 700 އަށްވުރެ ގިނަ ގޭބިސީއާއި، ވިޔަފާރިތަކަށް ޒިޔާރަތްކޮށް ދިރާސާ ކުރިކަމަށް އޭނާ ވިދާޅުވިއެވެ.
" ކަސްޓަމަރަށް އެބައޮތް ކަރަންޓް މީޓަރަށް އަރަނީ ކިހާވަރެއްތޯ ޑެއިލީ ބޭސިސްއެއްގަވެސް ބަލާލެވެން. މީޓަރު ބައްލަވާލެއްވީމަ އެކަންތައްތައް ކަލްކިއުލޭޓްކޮށްލެވޭނެ. އަޅުގަނޑުމެންގެ އެޕް މެދުވެރިކޮށްވެސް ޑެއިލީ ކޮންސަމްޕްޝަން ބަލާލެވޭނެ. މާނައަކީ ޑެއިލީ ކޮންޒަމްޝަން ހައި އިއްޔާ ކީއްވެގެންތޯ އެހެން އެވަނީ ބަލާލަން ޖެހޭ. ފަރުދީ ޒިންމާއެއް ގޮތުންވެސް އަޅުގަނޑަށް ހީވަނީ ކަރަންޓް ބިލް ކުޑަކުރެވޭނެ" އޭބާ ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ކަރަންޓް ބޭނުންވާ ވަރަށް ވުރެ ގިނައިން އާއްމު ބޭނުން ކުރާ ކަމަށެވެ. އަދި އިގްތިސާދު ނުުކުރާކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"ބިލުބޮޑުވެގެން ޝަކުވާ އައީމަ އަޅުގަނޑުމެން އެޕާޓްމެންޓްތަކަށް ގޮސް ބަލާލިން. ބަލާލި އިރުގައި މީޓަރުގެ އެއްވެސް މައްސަލައެއް ނެތް. ދެން އަޅުގަނޑުމެން ބެލީ ކިހިނެތްތޯ ބިލް ބޮޑުވީ، ބައެއް ތަންތަނުގައި އެބަހުރި އޮޅުމަކުން އެއާކޮންޑިޝަން ޖެއްސިފައި. އެހެންނަމަވެސް ކުޑަދޮރު ހުޅުވިފަ ހުރީ. އެހެންނަމަވެސް އެއާކޮންޑިޝަން ހުޅުވިފައި ހުރިއްޔާ ކަރަންޓް ބިލް ހިނގާނެ. " އޭނާ ވިދާޅުވިއެވެ.
ޖޫން މަހުގެ ކަރަންޓް ބިލް އަދަޔާ ހިލާފަށް ބޮޑުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން މީހުން ގޭގައި ތިބުމާއި، އަދި ރަމަޟާން މަހާއި ދިމާވުމުން ކަމަށް ސްޓެލްކޯއިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ކުރީގެ މަސްތަކާއި ހިލާފަށް ޖޫން މަހު، ކަރަންޓް ބިލް ބޮޑުވެ އެކަމުގެ ޝަކުވާތައް ރައްޔިތުން ވަނީ ބަންޑުންކޮށްލާފައެވެ. އަދި ކަރަންޓް ބިލް ބޮޑުވުމުން އެކަން ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ.
ކަރަންޓް ބިލް ބޮޑުވިކަމުގެ ޝަކުވާތަކާއިއެކު ޖޫން މަހުގެ ބިލުން ސަބްސިޑީގެ ގޮތުގައި 40 އިންސައްތަ ކަނޑާލަން މިހާރު ވަނީ ނިންމާފައެވެ. އަދި ކަރަންޓު ބިލްތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމްތައްވެސް ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ