ކަރަންޓް ބިލް އާދަޔާހިލާފަށް ބޮޑުވެ ޝަކުވާ ގިނަވެއްޖެ

މި މަހުގެ ކަރަންޓް ބިލް އާދަޔާހިލާފަށް ބޮޑުވެ އާންމުން ޝަކުވާކުރަމުން އެބަ ގެންދެ އެވެ.
"މިހާރު"ން ވެސް ބެލިބެލުމުން ވަރަށް ގިނަ ގޭގޭގެ ކަރަންޓް ބިލްތައް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފަ އެވެ. "މިހާރަ"ށް ލިބިފައިވާ ތިން ބިލެއްގެ ތެރެއިން އެއް ގެއެއްގެ ކަރަންޓް ބިލް އާންމު މަސްތަކުގައި 3،000ރ. ގައި ހުރި އިރު މިދިޔަ މަހުގެ ކަރަންޓް ބިލް ވަނީ 6،000ރ. އިން މައްޗަށް ގޮސްފަ އެވެ. އަދި އާންމުކޮށް މަހަކު 1000ރ. ނާރާ ގެއެއްގެ ކަރަންޓް ބިލް 2،000ރ. އިން މައްޗަށް ގޮސް، އެހެން ގެއެއްގެ ބިލް ވެސް ވަނީ އެހެން މަސްތަކަށް ވުރެ ދެ ގުނަ ބޮޑުވެފަ އެވެ.
މި މައްސަލާގައި ސޯޝަލް މީޑިއާގައި ވެސް އިއްޔެ އިން ފެށިގެން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފަ އެވެ.
What the actual fish is this #stelco @STELCOMALDIVES isn’t this day light robbery pic.twitter.com/WoaM49sS2i— mafaaz waheed (@MafaazWaheed) July 1, 2020
ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ މީސްމީހުންގެ އެޕާޓްމެންޓްތަކަށް މިފަހަރު ބިލް ފޮނުވާފައި ހުރީ މުޅިން ނުބައިކޮށެވެ. ޓްވިޓާގައި ބައެއް މީހުން ލާފައިވާ ބިލްތަކަށް ބަލާއިރު ވެސް ފެންނަނީ ދެ ގުނަ ބޮޑުވެފައި ހުއްޓަ އެވެ.
ނިއު ނޯމަލް ދަށުން ލިބުނު ކަރަންޓް ބިލް، ދެން ސުކުރު އަދާކުރާނެ ފަރާތެއްވެސް ނޭގެ.#STELCO@ibusolih @FaisalNasym@Raajje_tv @Mihaarunews @Banafsaa @mgmaumoon pic.twitter.com/gn6kVZ6B7U— Mohamed Sobah (@SobahMaldives) July 1, 2020
މިކަމާ ބެހޭ ގޮތުން ސްޓެލްކޯ އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ލޮކްޑައުންއާ އެކު ސަރުކާރުން ގެނައި ޕެކޭޖްތަކުގެ ތެރޭގައި ޔުޓިލިޓީސް ބިލްތަކުން ޑިސްކައުންޓް ދޭން ހަމަޖެއްސުމާ ގުޅިގެން މިދިޔަ އެޕްރީލް މަހާއި މެއި މަހު ކަރަންޓް ބިލުން ވަނީ 40 ޕަސެންޓް މާފުކޮށްދީފަ އެވެ. އެ ޑިސްކައުންޓާ އެކު އާންމުން ދައްކަން ޖެހުނު ބައި އޮތީ ކުޑަވެފަ އެވެ.
ބައެއް މީހުން ދެކޭ ގޮތުގައި ކަރަންޓް ބިލް މިފަހަރު ބޮޑުވެފައި އޮތީ، ރީޑިން ނެގުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ބިލް ހެދި އިރު އެވްރެޖް ހަދައިގެންނެވެ. އެހެން ނަމަވެސް ސްޓެލްކޯ އިން ބުނަނީ މިދިޔަ މަހުގެ ރީޑިން ނަގާފައި ވާނީ ގޭގެ އަށް ގޮސްގެން ކަމަށެވެ.
What is #STELCO trying to do? Last month (June) electric bill has almost doubled compared to other months. Can you please clarify. @STELCOMALDIVES pic.twitter.com/TiqbtVCwjX— ɪʙʀᴀʜɪᴍ ᴍᴏʜᴀᴍᴇᴅ (ɪʙᴜ) (@ibumohd) July 1, 2020
މާލޭގެ ކަރަންޓް ބިލްތައް ބޮޑުވުމުގެ ޝަކުވާ ބޮޑުވެފައިވާ އިރު ހުޅުމާލޭގެ ކަރަންޓް ބިލްތަކުގެ ޝަކުވާ ވެސް ކުރަމުން ދެ އެވެ. އެނގިފައިވާ ގޮތުގައި ހުޅުމާލޭގެ ވަރަށް ގިނަ ތަންތަނަށް ބިލް ފޮނުވާފައި ވަނީ 45 ދުވަހުގެ މުއްދަތަށެވެ.
ލޮކްޑައުންގެ ތެރޭގައި މާލޭގެ ކަރަންޓަށް ސަރުކާރުން ވަނީ މަހަކަށް 27 މިލިއަން ރުފިޔާގެ ސަބްސިޑީ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ