ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި ހުސެއިން މުހައްމަދު އަވަހާރަ ވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ތައުޒިޔާގެ ދަފްތަރެއް ހުޅުވަން ނިންމައިފިއެވެ.މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ހުސެއިންބެގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް މަޖިލީހުގައި މިއަދު ހުޅުވާނެ ކަމަށާއި އެ ދަފްތަރުގައި އެއްޗެއް ލިޔުއްވުމަށް، ހުސެންބެއާއެކު މަޖިލީހުގައި މަސައްކަތް ކުރެއްވި ކުރީގެ މަޖިލިސް މެންބަރުންނަށް ދައުވަތު އަރުވާ ކަމަށެވެ. އަދި އެ ދަފްތަރުގައި ލިޔުމުގެ ފުރުސަތު މިއަދުން ފެށިގެން މި ހަފްތާގެ ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި އާއްމުކޮށް ހުޅުވާލާފައި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.މިއަދު މަޖިލީހުގެ ޖަލްސާގައި ހުސެއިން މުހައްމަދުގެ ހަނދާނުގައި ހަމަ ހިމޭން ކަމުގެ ސުކޫތެއްވެސް ވަނީ ގެނެސްފައެވެ.ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 4 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ.މަޖިލީސް މެމްބަރު ކަމުގެ އިތުރުން ތައުލީމީ ދާއިރާގައި އަދި މީޑިއާގެ ދާއިރާގައި ހުސެން ގިނަ ދުވަހު ހިދުމަތް ކުރެއްވިއެވެ. ހުސެއިން އަވަހާރަވިއިރު އުމުރުފުޅަކީ 71 އަހަރެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
މެމްބަރު ހުސެއިން މުހައްމަދުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ