ޑރ ޖަމީލު އަދި ޓީމުން ކުރި އިތުބާރަށް ޝުކުރު ދަންނަވަން: ގާސިމް

ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދާއި، އެމަނިކުފާނުގެ ޓީމު ޖުމްހޫރީ ޕާޓީއާއި އެމަނިކުފާނަށް ކުރެއްވި އިތުބާރަށް ޝުކުރު ދަންނަވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ޑރ ޖަމީލުގެ އިތުރަށް ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އަދި ރައީސް އޮފީހުގެ ކުރީގެ ވަޒީރު އަބުދުﷲ އަމީނަށް ޝުކުރު އަދާކުރެއްވީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ގާސިމްގެ ޓްވީޓްގައި ވަނީ ޑރ ޖަމީލާއި އެމަނިކުފާނުގެ ޓީމުގެ އިތުރަށް މިނިސްޓްރީ އޮފް ޑިފެންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހަންމަދު އަހްމަދު މަނިކާއި، އެމްއެންޑީއެފްގެ މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޑރ. ޝާހު މާހިރުވެސް ޖުމްހޫރިއްޔާއަށް ސޮއި ކުރައްވާފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.
އަދި ދާދި ފަހުން އެ ޕާޓީއަށް ސޮއިކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށްވެސް ގާސިމް ވަނީ ޝުކުރުއަދާކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް ހޫނު މަރުހަބާއެއް ދަންނަވާކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ