ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަނީ އާބާދީ އިތުރުވުމުގެ ބަދަލުގައި ކަރަންޓްގެ ހިދުމަތް ހޯދުމަށް ބޭނުންކުރާ ވަސީލަތްތަކުގެ ސަބަބުން ކަމަށް އެންވަޔަރަންމްަންޓް މިނިސްޓަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ސްކައުޓުންނަށާއި ގާލްގައިޑުންނަށް އެނާޖީ އެފިޝެންސީ ނުވަތަ ހަކަތަ ސަމަކާރަ ބެޖު ހަވާލުކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު ކޮންމެ އަހަރަކުވެސް ދަނީ 9 ނުވަތަ 11 އިންސައްތައަށް އިތުރުވަމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ އައިސްއަަލަމާރި، އެއާ ކޮންޑިޝަނާ ފަދަ ތަކެއްޗަކީ އެންމެ އެކަށީގެންވާ ގޮތުގައި ކަރަންޓް ބޭނުންކުރާ ވަސީލަތްތަކެއް ނޫން ކަމަށެވެ. މިފަދަ ވަސީލަތްތައް އުފައްދާ ގައުމުތަކުން، އުފައްދާ ތަކެތީގެ ތެރެއިން އެންމެ އަގުހެޔޮކޮށް އެކަމަކު ގިނަ ކަރަންޓް ބޭނުންކުރާ ވަސީލަތްތައް އެތެރެކުރާ ގައުމުތަކުގެ ތެރެއިން އެއް ގައުމަކީ ރާއްޖެ ކަމަށާއި މިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"މިކަން ހައްލުކުރުމަށް ސްޓާރ ރޭޓިންގް ސްކީމެއް އެބަރާވާ. އާލާތްތަކުގަ ސްޓާ ރޭޓިންގް ޖެހީމަ އިނގޭނެ އެއީ ކިހާ ހަކަތަ ސަމަކާރަ އެއްޗެއްކަން." މިނިސްޓަރ ވިދާޅުވިއެވެ.
ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަނީ ބޭނުންކުރާ ވަސީލަތްތަކުގެ ސަބަބުން: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ