ސިއްރު ހެކިބަސް ނަގަނީ ގާނޫނާ އެއްގޮތަށް ނޫން: މައުމޫން ހަމީދު

ސިއްރުން ހެކިބަސް ނެގެނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި އެކަނި ކަމަށާ ނަމަވެސް މިހާރު އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނުގައި ސިއްރުން ހެކިބަސް ނެގުމާ ބެހޭ ހާލަތްތަކެއް ބަޔާން ކޮށްފައިނުވާކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޒު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ބޮޑެތި ބޭފުޅުންގެ ޝަރީއަތުގައި ސިއްރުން ހެކިބަސް ނަގާ މައްސަލައާއި ގުޅޭގޮތުން ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާއިރު، މައުމޫން ހަމީދު ވިދާޅުވީ ސިއްރުން ހެކިބަސް ނަގަމުންދަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށެވެ. މައުމޫން ހަމީދު ވިދާޅުވީ ސިއްރުން ހެކިބަސް ނެގެނީ ހެއްކާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި އެކަނި ކަމަށެވެ. ނަމަވެސް މިހާރު އަމަލު ކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނުގައި ސިއްރުން ހެކިބަސް ނެގުމާ ބެހޭ ހާލަތްތަކެއް ބަޔާން ކޮށްފައިނުވާކަން މައުމޫން ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ