ޓީޗަރުންނާއި ބެލެނިވެރިންގެ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގައި 57 ޓީމު ބައިވެރިވެއްޖެ ކަމަށް ނެޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.
މި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރާ ބެލެނިވެރިންގެ އަންހެން ބައިގައި ޖުމްލަ 24 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތުގައި ވާދަކުރާ ބެލެނިވެރިންގެ ފިރިހެން ބައިގައި ހަތް ސްކޫލަކުން ވާދަކުރާ ކަމަށް ވެސް ނެޓް ބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ނެޓްބޯޅަ އެސޯސިއޭޝަނުން ބުނީ، ސްކޫލްތަކުގެ އަންހެން ޓީޗަރުންގެ ބައިން 20 ސްކޫލަކުން ބައިވެރިވެފައިވާ އިރު، ފިރިހެން ޓީޗަރުންގެ ބައިގައި ތިން ސްކޫލެއް ވާދަކުރާ ކަމަށެވެ.
މިދިޔަ އަހަރު ބޭއްވި މި މުބާރާތުގައި ޓީޗަރުންގެ 17 ޓީމާއި ބެލެނިވެރިންގެ 18 ޓީމު ވާދަކުރި އެވެ.
މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ ބޭރު ކޯޓުގައި ކަމަށް ނެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
ޓީޗަރުންނާއި ބެލެނިވެރިންގެ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި 57 ޓީމު ބައިވެރިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ