ގާސިމް ހައްޔަރުކުރުމުން އައިޕީޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހައްޔަރުކުރުމާ ގުޅިގެން އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އައިޕީޔޫ އަކީ ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތައް ބައިވެރިވާ ދުނިޔޭގެ މިފަދަ އެންމެ ބޮޑު ބައިނަލްއަގްވާމީ ޖަމިއްޔާ އެވެ.
ގާސިމް އިބްރާހީމް ހައްޔަރުކުރުމާ ގުޅިގެން އައިޕީޔޫ އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ގާސިމް ހައްޔަރުކުރުމަކީ އެ ޖަމިއްޔާ އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އައިޕީޔޫގެ ޓްވީޓްގައި ވަނީ ގާނޫނު ނަގަހައްޓާ ގާނޫނީ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށްވެސް ދިވެހި ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފަ އެވެ.
އައިޕީޔޫގެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ހާލަތު އެޖަމިއްޔާ އިން ބަލަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ