އިސްދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިސްދޫ ޔޫތު ޑިވެލޮޕްމަންޓުން އިންތިޒާމުކޮށްގެން ދާއިރާއަށް ހުޅުވާލައިގެން ބާއްވާ 6 ވަނަ އައިވައިޑީ ކަޕުގައި ރޭ ކުޅުނު މެޗުތައް ޓީސީ ޔޫތް އާއި ބަނޑު އެފްސީ މޮޅުވެއްޖެއެވެ.
ފުރަތަމަ މެޗުގައި ބައްދަލުކުރީ ވެސްޓް ސިޓީ އާއި ޓީސީ ޔޫތު އެވެ. މި މެޗު ޓީސީ ޔޫތު ކާމިޔާބުކުރީ 6-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޓީސީ ޔޫތުގެ ހަ ގޯލުގެ ތެރެއިން ހަތަރު ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހުސެއިން ފަޔާޒެވެ. އެ ޓީމުގެ އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ނައީމާއި މުހައްމަދު އަފްސަލް އެވެ. ވެސްޓް ސިޓީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ހުސާމް އެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ބަނޑު އެގްސީ އާއި ރިއޯ އެވެ. މި މެޗު ބަނޑު އެފްސީ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބަނޑު އެފްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސައިން ހަލީމާއި އާދަމް ހަނީފެވެ. ރިއޯ ގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްފައިވަނީ އިސްމާއީލް ރަޝީދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަނޑު އެފްސީގެ މުހައްމަދު ޝިފާހު އެވެ.
މުބާރާތުގައި މިރޭވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑީވައިއޭ އާއި ޑީވައިއޭޖޭ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ލޮރާޑޯ އާއި އޭޑީޑީ އެވެ.
މުބާރާތް ކުރިޔަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ޑީޔައިއޭ އާއި ލޮރާޑޯ އާއި ޑީޔައިއޭޖޭ އާއި އޭޑީޑީ އެވެ. ގްރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ ވެސްޓް ސިޓީ އާއި ޓީސީ އާއި ރިއޯ ގެ އިތުރުން ބަނޑު އެވެ. މިމުބާރާތުގެ ސެމީފައިނަލް މެޗުތައް ޖެނުއަރީ 5 ގައި ބާއްވާއިރު ފައިނަލް މެޗު ކުޅޭނީ ޖެނުއަރީ 7 ގައެވެ.
މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ އަލީ ހަމީދެވެ. މުބާރާތުގެ އޮފިޝަލް ޑްރިންކް ޕާޓްނަރަކަށް ޑަބްލިއު އެންޑް އޭ އޯވަސީސް އަދި މީޑިއާ ޕާޓްނަރަކީ ވީ މީޑިއާ އެވެ. މީގެއިތުރުން މުބާރާތުގެ މެޑިކަޕް ޕާޓްނަރަކީ މެޑި ޕްރޯ އެވެ.
އައިވައިޑީ ކަޕް 2018: ޓީސީ ޔޫތާއި ބަނޑު އެފްސީއަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ