19 ވަނަ ރައްޔިތުންގެ މަޖުލީހަށް އިންތިޚާބުވި
މެމްބަރުން މިމަހުގެ 28 ވަނަ ދުވަހު ހުވާ ކުރުމާއިއެކު، ކުރީގެ މެމްބަރުންގެ
މުއްދަތުވަނީ ހަމަވެފައި އެވެ. އެގޮތުން 18 ވަނަ ރައްޔިތުންގެ މަޖުލީހުގެ ނިލަންދޫ
ދާއިރާ ތަމްސީލު ކުރެއްވި މެމްބަރ ޑރ.ޢަބްދުﷲ ޚަލީލުގެ ދައުރުވެސް ވަނީ ނިމިގެންގޮސްފައި
އެވެ.
ކުރީގެ މެމްބަރު ޑރ.ޚަލީލުވަނީ ދައުރު ނިމުމުގެ
ގޮތުން ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޭސްބުކް މެދުވެރިކޮށް ޝުކުރުގެ
ޚާއްޞަ ޕޯސްޓެއް ކުރައްވާފައި އެވެ. ތިރީގައި އެވަނީ ޑރ.ޚަލީލުގެ އެޕޯސްޓަށް
ދާއިރާގެ ބައެއް ރައްޔިތުން ފާޅުކުރައްވާފައިވާ ބައެއް ޝުޢޫރުތަކެވެ.
“ސީދާ ގޮތެއްގައި ރައްޔިތުންނާއި ބައްދަލުކޮށް،
މަޝްވަރާކޮށް، ރައްޔިތުންގެ ޚިޔާލު އަޑުއެހިތަން ފެނުނު ހަމައެކަނި އެމްޕީ.
ޝުކުރިއްޔާ ސަރ ޢަބްދުﷲ ޚަލީލު” – މުޙައްމަދު ޢަބްދުއްޝުކޫރު
“ތާރީޚުގެ ތެރެއަށް ވެންނެވުމަށް ނަމޫނާ
ތަފާތު ދެއްކެވުމަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ ތެރެއިން، ގިނަ ކަންކަން
ކޮށްދެއްވީތީ ޝުކުރު ދަންނަވަން. ޚާއްޞަކޮށް ރައްޔިތުންނާ ބައްދަލު ކުރައްވާ ޙާލު
ބައްލަވާ، ޚިޔާލު ހޯއްދަވާ، ސުވާލު ކުރެއްވުމަށް ދެއްވި ފުރުޞަތުތައް ފާހަގަ
ކުރަން” އިބްރާހީމް ޝިފާޙު (ފ.އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ގެނެރަލް އަދި
ޒިންމާދާރުވެރިޔާ)
“ޢަބްދުﷲ ޚަލީލުއަކީ ފ.އަތޮޅުން އަޅުގަނޑަށް
ފެނުނު އެމްޕީންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅަށް މަސައްކަތް ކުރެއްވި
އެމްޕީ” – މުޙައްމަދު ޖަލީލު (ފ.ނިލަންދޫ ކައުންސިލްގެ ރައީސް)
“މަޖުލީހުގެ މެމްބަރެއްގެ ޙަޔާތުގައި
ވޭތުވެދިޔަ 5 އަހަރަށްވުރެ އަތޮޅަށް، ދާއިރާއަށް އެހީތެރިވެދިން 5 އަހަރެއް
ނެތް” – ޢަބްދުލް ޙަމީދު މުޙައްމަދު (ފ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް)
“ޢަބްދުﷲ ޚަލީލުގެ ނަން ތާރީޚުގައި ލިޔެލެވޭނީ
ނިލަންދޫ – ދަރަބޫދޫ އަދި ރާއްޖެއަށް އައިސްފައިވާ ތަރައްޤީގައި އެކަންޏެއްނޫން. ހަމައެއާއިއެކު
ޚަލީލުވަނީ ޢަޅުގަނޑުމެން އެންމެގެ ހިތްތައް ފަތަޙަކޮށްފައި. ނިލަންދޫ އާއި ދިވެހި
ޤައުމު އަބަދުވެސް ޚަލީލުގެ ޚިދުމަތަށް އެދޭނެ. ދާއިރާ އާއި ނިލަންދޫގެ
ދަރިއަކަށްޓަކައި އެންމެ ފަޚުރުވެރިވާނީ ދޮމްބެ އަށްޓަކައި” – ޒޫނާ އަޙުމަދު.
“ތިއީ މިހާތަނަށް ނިލަންދޫ ދާއިރާ ދުށް އެންމެ
ބެސްޓް އެމްޕީ” – ޢަބްދުﷲ ސަޢީދު (ސަޓޯ)
“ވޭތުވެދިޔަ ދައުރުގައި ދާއިރާގެ ތަރައްޤީއަށް
ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ވ ބޮޑަށް ޝުކުރިއްޔާ” – ޢަބްދުއްރައްޒާޤު (އެސްޖެހި)
“ތަފާތު ދައްކައިފި. ތީ ހަމަ ގަޓު ހުރި އެމްޕީ
އެއް” – ޢަބްދުއްރަޝީދު (އަބޯ)
“ލީޑަރޝިޕް ވަރުގަދަ ޝަޚުޞިއްޔަތެއް. ބަސް
މަދު ޢަމަލު ގިނަ ބޭފުޅެއް. އިނދިކޮޅޫ ފަރާތްތަކުގެ ކުރިމަތީގައި އީޖާބީ
ވިސްނުމާއި ހިނިތުންވުމާއިއެކު ދާންވީ މިސްރާބު އެނގިވަޑައިގަންނަވާ ބޭފުޅެއް.
އެހެން ބޭފުޅުންނާއި ތަފާތު، ޖެހިލުންކުޑަ ވިޝަނަރީ ބޭފުޅެއް. އެހެން ބޭފުޅަކަށް
އެމަޤާމު ފުރުއްވަން ދަތިވާނެ. އެއީ ހަމަ އެއްވަނަ” – ނާހިލް ނަސީމް
“ނިލަންދޫ ދާއިރާގެ ގޮނޑިއަކީ މަޖުލުސް
ފްލޯރގައި ނަން ހިނގާ، ވަރުގަދަ ގޮނޑިއަކަށް ހައްދަވާދެއްވައިފީމު. ދާއިރާއަށް
ރަށަށް ތަރައްޤީ ގެނެސްދެއްވައިފީމު. ކޮށްދެއްވި ރަނގަޅު ހުރިހާ ކަމަކަށް
ޑރ.ޚަލީލުއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ” – ޢަބްދުއްލަތީފު މުޙައްމަދު (ވައިޓޭ)
ކުރީގެ މެމްބަރ އޭކޭ އާއިމެދު ދާއިރާގެ ބައެއް ރައްޔިތުންގެ ޝުޢޫރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ