ހުޅުމާލޭގައި ބިދޭސީއަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ 37 އަހަރުގެ ބަންގްލަދޭޝްގެ މީހަކު ނޭވާލާން އުނދަގޫވެގެން ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، ދޫކޮށްލުމުން، މޭގައި ރިއްސާތީ ދެވަނަ ފަހަރަށް ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:17 ހާއިރު ލިބިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ