މަސައްކަތް ކުރަނީ މަޖިލީހަކީ ހާމަކަންބޮޑު ތަނަކަށް ހެދުމަށް: ގާސިމް

ރައްޔިތުންގެ މަޖިލީހަށް ބަދަލުތަކެއް ނެގެސް މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ވީހާވެސް ހާމަކަން ބޮދު ތަނަކަށް ހެދުމަށްކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް ގާސިމް މިހެން ވިދާޅުވީ އާމަޖިލިސް މެމްބަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ބޭއްވުމާއި މަޖިލީހުގެ އާވެބްސައިޓް އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ ވީހާވެސް ހާމަކަންބޮޑު ތަކެއްގެ ގޮތުގައި ހެދުމަށް ގާނޫނު އަސާސީވެސް ބަރުއަޅާ ކަމުގައެވެ. އަދި މިހާރު ގެނެވޭ ބަދަލުތަކާއިއެކު އެކަން ވެގެންދާތީ އުފާކުރައްވާކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ފާހަގަކުރެއްވި ގޮތުގައި މަޖިލިސްކުރާ މާލަމުގައި ހުންނަ ކޮންގްރެސް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މެމްބަރުންނާއި މަޖިލިހުގެ މުވައްޒަފުން މަޖިލިސް އިދާރާ އަށް ވަންނަ އިރު، ސްކްރީން ކުރާގޮތަށް ހެދުމަށް ނިންމާފައިވާކަންވެސް ގާސިިމް ވިދާޅުވިއެވެ.
މި ބަދަލުތަކުގެ އިތުރުން ދާދިފަހުންވަނީ މަޖިލިސް އިދާރާގެ ބައެއް ފާރުތައް އުސްކޮށް ބައެއް ސަރަހައްދުތަކުން މަޖިލީހުގެ ގޯތިތެރެވެސް ނުފެންނާނެގޮތައް ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ