އަނިޔާވެރި އަޅުވެތިކަމުގައި ތިބެ ލެވޭ ހިޔަ ހާސް ނޭވާއަށް ވުރެ އަނިޔާވެރިކަމުން ސަލާމަތްވެތިބެ ލެވޭ އެންމެ ނޭވާއެއްގެ އަގުވެސް މާބޮޑުކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު އަދި ވިލާގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ މިނިވަން ދުވަހާއި ގުޅިގެން ކުރެއްވި ޓްވިޓެއްގައެވެ.
ގާސިމް ވިދާޅުވީ އަނިޔާވެރިކަމާއި އަޅުވެތިކަމާއި ބޭއިންސާފުގެ ހިޔަހާސް ނޭވާއަށް ވުރެ، މިނިވަންކަން ލިބިގެން އަނިޔާވެރިކަމުން ސަލާމަތްވެގެން އިންސާފު ލިިބިގެން ބިރުވެރިކަމުން ސަލާމަތްވެގެން ތިބެ ލެވޭ އެންމެ ނޭވާއެއްގެ އަގުވެސް މާބޮޑު ކަމުގައެވެ.
ޖަރުމަނު ވިލާތުގައި ހުންނަވައި ގާސިމް އިބްރާހީމް ކުރެއްވި ޓުވީޓުގައި އެފަދައިން ވިދާޅުވި އިރު އެމަނިކުފާނުގެ މައްޗަށްވެސް ވަނީ ރިޝްވަތުގެ މައްސަލައެއްގައި ޖަލުހުކުމެއް ކޮށްފައެވެ. ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ޖަރުމަނުވިލާުތުގެ ހިމާޔަތް ހޯއްދަވާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އެގައުމުގައެވެ.
އަނިޔާވެރިކަމުން ސަލާމަތްވެ ލެވޭ އެންމެ ނޭވާއެއްގެ އަގުވެސް މާބޮޑު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ