ސުޕްރީމް ކޯޓުގެ ޗެންބަރު ފަނޑިޔާރަކަށް އާދަމް މުހައްމަދު ހަމަޖައްސައިފި
ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން އެ ކޯޓުގައި ހިންގާ ޝަރީއަތްތަކުގެ އިތުރުން ކުރަންޖެހޭ ކަންކަން ކުރުމަށް ޗެންބަރު ފަނޑިޔާރުގެ ގޮތުގައި އާދަމް މުހައްމަދު އަބްދުﷲ ހަމަޖައްސައިފިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ޗެންބަރު ފަނޑިޔާރުގެ މަގާމަށް ހަމަޖެއްސުމަކީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 89 ވަނަ މާއްދާގެ ދަށުން އުއްތަމަ ފަނޑިޔާރުގެ ޒިންމާއެކެވެ. އަދި ޗެމްބަރު ފަނޑިޔާރެއް ހަމަޖައްސަން ޖެހެނީ އެއް އަހަރުގެ މުއްދަތަކަށެވެ. ޗެންބަރު ފަނޑިޔާރުގެ ޒިންމާތަކުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ ވަކީލުންނަށް ޗުއްޓީ ދިނުން ހިމެނެއެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ފެށުމުގެ ކުރިން އެ މައްސަލައެއްގައި ހިމެނޭ ފަރާތެއް އުނިކުރުމަށް ނުވަތަ އިތުރުކުރުމަށް އެދި ހުށަހަޅައިފިނަމަ އެ ހުށަހެޅުމެއް ބަލައި ގޮތެއް ނިންމުން ހިމެނެއެވެ. ސުޕްރީމް ކޯޓަށް ހަށަހަޅާ ކަފާލާތުގެ މައްސަލަތައް ބަލައި ގޮތެއް ނިންމުމުގެ ބާރު ވެސް ދީފައިވަނީ ޗެންބަރު ފަނޑިޔާރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ