އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއްގެ ތެރެއިން -- ފައިލް ފޮޓޯ
ކުށްމަދުކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގެ ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ޖުލައި 9 ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި އައްޑޫ ސިޓީގެ ފޭދޫ، މަރަދޫފޭދޫ، އަދި މަރަދޫގެ ގެތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
މި ޕްރޮގްރާމަކީ އައްޑޫ ސިޓީގައި ހިނގާ ވައްކަމުގެ މައްސަލަތައް މަދުކުރުމަށާއި، ބެންކް އޮފް މޯލްޑިވްސްގެ ނަމުގައި ގުޅައި ކޭޝް ކާޑުގެ މަޢުލޫމާތުތައް ހޯދައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމުގައި، ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަމާއި ކޭޝް ކާޑުގައިވާ މަޢުލޫމާތުތައް އެއްވެސް ފަރާތަކާއި ހިއްސާނުކުރުމަށާއި އެފަދަ ކަމެއް ފާހަގަ ކުރެއްވިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާ އިގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.
އާންމުރައްޔިތުން ހޭލުންތެރި ކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށްދަނީ މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.
ރައްޔިތުން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީގައި ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ