އައިފާ އެވޯޑްސް 2018: ނޮމިނޭޝަންތަކުގެ ކުރީގައި "ތުމްހާރީ ސުލޫ"

އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެންޑް އެކެޑަމީން ކޮންމެ އަހަރު ދެމުން އަންނަ އައިފާ އެވޯޑްސްގެ މި އަހަރުގެ އެވޯޑަށް ނޮމިނޭޓުވި ފަރާތްތައް އިއުލާނުކޮށްފި އެވެ.
ނޮމިނޭޝަންތަކުގެ އެންމެ ކުރީގައި އުޅެނީ ވިދްޔާ ބާލަންގެ ފިލްމު "ތުމްހާރީ ސުލޫ" އެވެ. މި ފިލްމާއި އެންމެ ގާތުން ދެން ވާދަކުރަނީ ރާޖްކުމާރް ރާއޯ ފެނިގެންދިޔަ ފިލްމު "ނިއުޓަން" އެވެ.
"ތުމްހާރީ ސުލޫ" އާއި "ނިއުޓަން" އާއެކު މިފަހަރުގެ ނޮމިނޭޝަންތަކުގައި އެންމެ ވާދަވެރި ފިލްމުތަކަކީ "ބަރްލީ ކީ ބަރްފީ"، "ހިންދީ މީޑިއަމް"، "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" އެވެ. މި ފަސް ފިލްމު ވަނީ އެންމެ މޮޅު ފީޗާ ފިލްމުގެ ކެޓަގަރީ އިން ނޮމިނޭޓުވެފަ އެވެ.
ދާދިފަހުން މަރުވި ބޮލީވުޑްގެ ސުޕަސްޓާ އެކްޓްރެސް ސްރީދޭވީވެސް ވަނީ ފިލްމު "މޯމް" އިން އެންމެ މޮޅު އަންހެން އެކްޓަރުގެ ކެޓަގަރީން އިން ނޮމިނޭޓުވެފަ އެވެ. މިފަހަރުގެ އައިފާގައި އެންމެ ހަގު އުމުރުގެ މީހަކަށް ނޮމިނޭޓުވެފައި ވަނީ ޒާއިރާ ވަސީމް އެވެ. ޒާއިރާ ނޮމިނޭޓުވީ ފިލްމު "ސީކްރެޓް ސުޕަސްޓާ" އިން އެންމެ މޮޅު އަންހެން އެކްޓަރު ކެޓަގަރީންނެވެ.
ފާހަގަކޮށްލެވޭ ނޮމިނޭޝަންތައް
އެންމެ މޮޅު ފިލްމު
* ތުމްހާރީ ސުލޫ* ނިއުޓަން* ހިންދީ މީޑިއަމް* ބަރްލީ ކީ ބަރްފީ* ޓޮއިލެޓް: އޭކް ޕްރޭމް ކަތާ
އެންމެ މޮޅު ޑައިރެކްޓަރު
* އަޝްވިނީ އައްޔަރް ތިވާރީ - ބަރްލީ ކީ ބަރްފީ* ސަކެތް ޗައުދަރީ - ހިންދީ މީޑިއަމް * އަނޫރާގް ބާސޫ - ޖައްގާ ޖާސޫސް* އަމިތް ވީ މަސުރްކަރް - ނިއުޓަން * ސުރޭޝް ތްރިވެނީ - ތުމްހާރީ ސުލޫ
އެންމެ މޮޅު އަންހެން އެކްޓަރު
* އާލިއާ ބަޓް - ބަދްރީނާތް ކީ ދުލްހަނިޔާ * ސްރީދޭވީ - މޯމް* ޒައިރާ ވަސީމް - ސީކްރެޓް ސުޕަސްޓާ* ބޫމީ ޕެދްނޭކަރް - ޝުބް މަންގަލް ސާވްދާން * ވިދްޔާ ބާލަން - ތުމްހާރީ ސުލޫ
އެންމެ މޮޅު ފިރިހެން އެކްޓަރު
* އިރްފާން ހާން - ހިންދީ މީޑިއަމް* ރަންބީރް ކަޕޫރް - ޖައްގާ ޖާސޫސް * އަދިލް ހުސެން - މުކްތީ ބާވަން * ރާޖްކުމާރް ރާއޯ - ނިއުޓަން * އަކްޝޭ ކުމާރް - ޓޮއިލެޓް: އޭކް ޕްރޭމް ކަތާ
މިއަހަރު އެވޯޑު ހަފްލާ ހޮސްޓުކުރާނީ ކަރަން ޖޯހަރް އާއި ރިތޭޝް ދޭޝްމުކް އެވެ. އައިފާ އެވޯޑު މިފަހަރު ބޭއްވުމަށް ނިންމާފައި ވަނީ ބެންކޮކްގަ އެވެ. މި ހަފްލާ ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 22 އިން 24 އަށެވެ. ހަފްލާގައި ބައިވެރިވުމަށް ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ބެންކޮކަށް ދާނެ އެވެ.
މި ފަހަރުގެ ހަފްލާގައި ރަންބީރް ކަޕޫރްއާއި ޝާހިދު ކަޕޫރް އަދި އިތުރު ތަރިންގެ ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ. އެވޯޑު ހަފްލާގެ ކުރިން ގިނަ ތަރިންތަކެއް ހުށަހެޅުންތައް ފެނިގެންދާނެ އައިފާ ރޮކްސް ކޮންސާޓް މިފަހަރުވެސް އޮންނާނެ އެވެ. މި ހަފްލާ މިއަހަރު ހޮސްޓުކުރާނީ އަރަމުން އަންނަ ތަރި ކަރްތިކް އަރްޔަން އަދި އަޔުޝްމަން ކުރާނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ