ރަސްމީ ދަތުރު ފުޅެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އިންޑިއާއަށް ވަޑައިގެންފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އުއްތަމަ ފަނޑިޔާރަށް އިއްޔެ އަލްވަދާއު ދެންނެވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އާއި ދިވެހިރާއްޖޭގެ ޝަރުއީ ދައިރާގެ އިސްބޭފުޅުންނެވެ.
ސުޕްރީމް ކޯޓުން ބުނީ އުއްތަމަ ފަނޑިޔާރުގެ މިދަތުރުފުޅުގައި އިންޑިއާގެ ޝަރުއީ ނިޒާމު ހިނގާގޮތް ދެނެގަތުމުގެ އިތުރުން ބޭރުގެ އެކިއެކި ގައުމުތަކުގެ ޝަރުއީ ދާއިރާއާއި އިންޑިއާގެ ޝަރުއީ ދާއިރާގައި އާބިޓްރޭޝަންއާ ގުޅޭގޮތުން އަމަލުކުރަމުންދާ ގޮތް ދެނެގަނެގަތުމަށްޓަކައި ނިއުދިއްލީގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެެރިވެވަޑަައިގަންނަވާނެ ކަމަށެވެ.
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންވާ ސަފީރު އަހްމަދު މުހައްމަދު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މިދަތުރުފުޅަކީ "ދަ ނެޝަނަލް އިނިޝިއޭޓިވް ޓުވާޑްސް ސްޓްރެންތަނިން އާބިޓްރޭޝަން އެންޑް އެންފޯސްމަންޓް އިން އިންޑިއާ"ގެ ނަމުގައި ނިއުދިއްލީގައި ބާއްވާ ތިން ދުވަހުގެ މަހާސިންތާއެއްގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި މަހާސިންތާ އަކީ ކޯޓުން ބޭރުގައި ހިންގާ އާބިޓްރޭޝަން މައްސަލަތައް ނިންމާ މައިމަރުކަޒަކަށް އިންޑިއާ ހެދުމުގެ މަގުސަދުގައި އެކަން ޕްރޮމޯޓްކުރުމަށް ބާއްވާ މަހާސިންތާއެއް ކަމަށްވެސް އަހްމަދު ވަނީ ވިދާޅުވެފަ އެެވެ.
އުއްތަމަ ފަނޑިޔާރުގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އިންޑިއާއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ