ވެނެޒުއެލާގެ އިދިކޮޅު ތިން މެންބަރުން ޕާލަމެންޓުން ވަކި ކުރަން ސްޕްރީމް ކޯޓުން އެންގި އަމުރަށް ތަބާވެއްޖެ

ކަރަކަސް (ޖެނުއަރީ 14) - ވެނެޒުއެލާގެ ޕާލަމެންޓުގެ އިދިކޮޅު ތިން މެންބަރުން ވަކިކޮގެން ނޫނީ ބައްދަލުވުންތައް ކުރިއަށް ނުގެންދިއުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ކުރި އަމުރަށް އިދިކޮޅު ފަރާތްތަކުން އެންމެ ފަހުން ތަބާވެއްޖެ އެވެ. ސްޕްރީމް ކޯޓުން ކޯޓުން އަންގާފައި ވަނީ އިދިކޮޅު ތިން މެންބަރަކު ވޯޓު ވިއްކި މައްސަލައެއް ބަލަމުންދާތީ އެ ތިން މެންބަރުން ސަސްޕެންޑް ކުރަން ޖެހޭ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ރައީސް ނިކޮލަސް މަދޫރޯ ގެންދަވަނީ ސްޕްރީމް ކޯޓު ބޭނުން ކުރައްވައިގެން ސިޔާސީ ފައިދާ ނަންގަވަން މަސައްކަތް ކުރައްވަމުން ކަމަށެވެ. އެއީ ޕާލަމެންޓުގެ ތިންބައިކުޅަ ދެ ބައި އަޣުލަބިއްޔަތު ގެއްލުވާލަން ސަރުކާރުން ކުރާ މަސައްކަތް ކަމަށް ވެސް އިިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ. އިދިކޮޅު ފަރާތްތަކުން ކުރިން ބުނެފައި ވަނީ ކުރިއަށް އޮތް ހަ މަސް ދުވަސްތެރޭ ރައީސް މަދޫރޯ މަގާމުން ދުރުކުރާނެ ކަމަށެވެ. ކޯޓުން ބުނެފައި ވަނީ ސަސްޕެންޑް ކުރި ތިން މެންބަރުން ހިމަނައިގެން ޕާލަމެންޓުން ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ ކަމަށެވެ. މަދޫރޯގެ ޕާޓީ އަށް ވަނީ މިދިޔަ މަހު ބޭއްވި އާއްމު އިންތިޚާބުގައި އަޣުލަބިއްޔަތު ގެއްލިފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ