ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޢަޒުމް އާކޮށް، ވަރުގަދަ ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން ގޮވާލައްވައިފި އެވެ.
ރައީސް ޑރ ވަހީދު މިކަމަށް ގޮވާލެއްވީ ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަޙްނިއްޔާގެ މެސެޖުގައެވެ.
މި އުންމަތުގެ ނަބިއްޔާ މުޅި އިންސާނިއްޔަތަށް ގެނެސްދެއްވި ހިދާޔަތުގައި ފައިތިލަ ސާބިތުކުރުމާއެކު، އެކަލޭގެފާނުގެ ސުންނަތާއި ޙަޔާތްޕުޅުން ޢިބްރަތް ޙާޞިލު ކުރުމަކީ، އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއްކަމަށް ރައީސް ވިދާޅުވި އެވެ.
ޚާއްޞަކޮށް، އިސްލާމީ ދައުލަތެއް ފުރަތަމަ ފަހަރަށް އުފެއްދެވުމުގައި، އެކަލޭގެފާނު ގެންގުޅުއްވި ހަރުދަނާ ސިޔާސަތާއި، މުސްލިމުންގެ މެދުގައި އޮންނަންވާ އެއްބައިވަންތަކަމާއި އެކުވެރިކަމަށް މާތްވެގެންވާ އިސްލާމްދީން ދެއްވާފައިވާ އަހަންމިއްޔަތުގެ މަތިން ހަނދާންކުރަންޖެހޭކަމަށާ އެހެންކަމުން، ރާއްޖޭގެ ރައްޔިތުންގެ މެދުގައިވެސް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޢަޒުމް އާކޮށް، ވަރުގަދަ ކުރުމަށް، މި މުނާސަބަތުގައި އެމަނިކްފާނު ވަނީ ގޮވާލައްވާފައެވެ.
މި ފުރްޞަތުގައި، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި އިތުރަށް ފައިތިލަ ސާބިތުކޮށް އާ ޢަޒުމްތަކެއް ކަނޑައެޅުމަށްވެސް ރާއްޖޭގެ ރައްޔިތުންނަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ރައްޔިތުން އެކުވެރިވުމަށް ރައީސް ޑރ ވަހީދު ވަނީ ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ