އިމްތިޔާޒު ބިލުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލްގެ ބައެއް މާއްދާތައް މާނަކުރުމަށް ދައުލަތުން އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެޓާނީ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޑެޕިއުޓީ އެޓާނީޖެނަރަލް އަލްއުސްތާޒާ އައިޝަތު ބިޝާމް ވިދާޅުވީ އިމްތިޔާޒު ބިލާއި ގުޅޭ މައްސަލައެއް އޭޖީ އޮފީހުން އިއްޔެގެ ވަގުތެއްގައި ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ބިޝާމް ވިދާޅުވީ އިމްތިޔާޒު ބިލްގެ 17 ވަނަ މާއްދާ އަދި 18 ވަނަ މާއްދާ މާނަކުރުމުގެ މައްސަލަ ސްޕްރީމް ކޯޓަށް ވެއްދީ އެދެމާއްދާގައި ހިފެހެއްޓުމެއް ނެތް މިންވަރަށް ބާރުތަކެއް ދީފައިވާތީ އެބާރުތައް ބޭނުންކުރަންވާނީ ޤާނޫނު އަސާސީއާއި އެއްގޮތަށް ކަމަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.
އިމްތިޔާޒު ބިލްގެ 17 ވަނަ މާއްދާއަކީ މަޖިލީހަށް މީހުން ހާޒިރުކުރުމުގައި މަޖިލީހަށް ލިބިދީފައިވާ ބާރުތައް ކަނޑައަޅާ މާއްދާއެވެ. އަދި 18 ވަނަ މާއްދާއަކީ މަޖިލީހަށް ހާޒިރުވެ ޖަވާބުރާރީވާންވީ ގޮތް ކަނޑައަޅައިދީފައިވާ މާއްދާއެވެ. މަޖިލީހަށް ޖަވާބު ނުދީފިނަމަ އެ މީހަކު 1،000ރ. އާއި 3،000ރ ގެ އަދަދަކުން ޖޫރިމަނާކޮށް އަދި ތިން މަހާއި ހަމަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށްވެސް މިމާއްދާގައި ވަނީ ބުނެފައެވެ.
އިމްތިޔާޒުގެ ބިލް އެކުލަވާލާފައިވާ ގޮތުން ފުލުހުންނާއި މީޑިޔާތަކުގެ ބެލެނިވެރި ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފުލުހުން ބުނީ އިމްތިޔާޒު ބިލު މިހާރު ފާސްކޮށްފައިވާ ގޮތުން ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުޤީގު ތަކަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.
މީޑިޔާތަކުގެ ބެލެނިވެރި ފަރާތްތަކުން ބުނީ އިމްތިޔާޒު ބިލުގެ ސަބަބުން ޤާނޫނު އަސާސީގައި ދަށުން ނޫސްވެރިންނަށް ލިބިދީފައިވާ މިނިވަންކަން ހަނިވެގެންދާނެ ކަމަށެވެ.
ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުހައްމަދު ސަޢީދު ޚާން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް މިއަދު އަރުއްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޕާކިސްތާނުގެ އާ ސަފީރާ ބައްދަލުކުރައްވައި، ރައީސް ވަހީދު ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން، ޕާކިސްތާނުގެ އާ ސަފީރުގެ ދައުރުގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ޕާކިސްތާނުގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ފަޚުރުވެރިވާ ކަމަށް ވިދާޅުވި އެވެ. މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭގޮތުންނާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއާއި، ޢިމާރާތް ކުރުމުގެ ދާއިރާގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ