އިންޓަ ސްކޫލް އެތުލެޓިކްސްގެ ސްޕޮންސަރަކަށް މައިލޯ
އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިޔަށް އޮތް ތިން އަހަރުގެ މުއްދަތަށް ނެސްލޭ ކުންފުނީގެ މައިލޯ އިން ސްޕޮންސާކޮށް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މައިލޯ އިން މި މުބާރާތް ސްޕޮންސާކުރުމުން 2013، 2014 އަދި 2015 ވަނަ އަހަރުގެ މުބާރާތް ކުރިއަށްދާނީ މައިލޯ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ނަމުގައި ކަމަށެވެ. މީގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަނުން މައިލޯއާ އެކު ވީ އެއްބަސްވުމުގެ ދަށުން އެސޯސިއޭޝަނުން ކުރިޔަށްގެންދާ ކިޑްސް އެތުލެޓިކްސް ޕްރޮގްރާމް ވެސް މައިލޯ އިން ވަނީ ސްޕޮންސާކޮށްފަ އެވެ. އެސޯސިއޭޝަނުން ބުނީ މި އެއްބަސްވުމުގެ ދަށުން މައިލޯ އިން އެސޯސިއޭޝަނަށް ފައިސާ އާއި އެހެނިހެން އެހީތައް ވެދޭނެ ކަމަށާއި އަދި މައިލޯ ޕްރޮމޯޓް ކުރުމަށް އެސޯސިއޭޝަންގެ އެތުލީޓުންނާއި އެސޯސިއޭޝަނުން ވެސް މަސައްކަތްކުރާނެ ކަމަށެވެ. ރޯޔަލް ޕާކް ރެސްޓޯރެންޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސްޕޮންސާޝިޕް އެއްބަސްވުމުގައި އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުހައްމަދު ތޮލާލް އެވެ. އަދި މައިލޯގެ ފަރާތުން ސޮއިކުރެއްވީ ނެސްލޭ ލަންކާގެ ރާއްޖޭ އޮޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު ދިޝާން ވިޖަޔަވަރުދަނާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ