ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ބާތިލް ކުރާނެ ތަނެއް ނެތް: ކޯޓު
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ފޭދޫ ދާއިރާއަށް ވާދަކުރާ މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލް ކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ. ނިހާދުގެ ކެންޑިޑެސީ ބާތިލްކުރަން ހުށަހެޅީ އެ ޕްރައިމަރީގައި ނާކާމިޔާބުވެ ވަޑައިގަތް އަދި މިހާރުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ އެ ޕްރައިމަރީގައި ގަވާއިދާ ހިލާފް ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކޮށެވެ. އަލްހާން އެ މައްސަލަ ހުށަހެޅުއްވީ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް ނުގޮސް ކަމަށްވާތީ އެ މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެމްޑީޕީން ވަނީ އިޖްރާއީ މައްސަލައެއް ސިވިލް ކޯޓުގައި ފާހަގަކޮށްފަ އެވެ. ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ނިންމުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. ނިހާދުގެ ކެންޑިޑެސީ ބާތިލް ކުރުމަށް އަލްހާން ހުށަހެޅުއްވިއިރު އަމިއްލަ ގޮތުން އަލްހާން ވަނީ ފޭދޫ ދާއިރާއަށް ކުރިމަތިލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ