މުޅި މާލެއިން މިރޭ ކަރަންޓް ކެނޑިއްޖެ

މިރޭ މުޅި މާލެއިން ކަރަންޓް ކެނޑުނީ ސްޓެލްކޯގެ ބޮޑު އިންޖީނެއް ނިވުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ވީނިއުސްއަށް މައުލޫމާތުދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފު ވިދާޅުވީ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު ކަރަންޓް ދިނުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.
އަދި މިމައްސަލަ ހައްލު ކުރުމަށްޓަކައި ސްޓެލްކޯގެ ހުރިހާ އިންޖީނިއަރުން މަސައްކަތް ކުރަމުންދާކަމަށް ލަތީފު ވިދާޅުވިއެވެ.
މިރޭ މުޅި މާލެއިން ކަރަންޓް ކެނޑުނީ 7:45 އެހާއިރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ