ސައިކަލު މަޑިދަށުން ދެ ލައްކަ ރުފިޔާ ނެގިމައްސަލަ ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

ބުރުޒުމަގުގައި ހުރި ސައިކަލެއްގެ މަޑިދަށުން މިދިޔަ މެއި މަހު ދެލައްކަ ރުފިޔާނެގި މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުންބުނީ ބުރުޒުމަގު ޗަންޕާހެވަން ކުރިމަތީ ހުރި ސައިކަލެއްގެ މަޑިދަށުގައި ބަހައްޓާފައި ހުއްޓާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދެލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައިގެ ތަހުޤީޤް ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
ފޮނުވާފައިވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުކަމަށެވެ.
މިމައްސަލާގައި ދައުވާކުރުމަށް ފުލުހުން ޕީޖީއަށް ފޮނުވާފައިވަނީ މ ގުލްސަންޕާގެ އަޙްމަދު ޢަރީޝްއާއި ގދ. ރަތަފަންދޫ، އައްސޭރިވިލާ، ޢާފިރު މުޙައްމަދާއި ހަމައެގޭ ވާފިރު މުޙައްމަދުގެ މައްޗަށެވެ.
މިމައްސަލަޔާއި ގުޅިގެން މިތިންމީހުން ފުލުހުންގެ ބެލުމުގެ ދޮށަށް ގެންގޮސްފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހުއެވެ. މި 3 މީހުންގެ އަތުން ވަގަށް ނެގި ފައިސާއިން ގަނެފައިވާ އަގު ބޮޑު ތަކެއްޗާއި ފައިސާވެސްވަނީ ފެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ