ފުލުހުންނާއި ސިފައިން ތިބީ އެމްޑީޕީ ދެކެ ބިރުންނެއް ނޫން: އިއްތިހާދު

ސީދާ ހަރަކާތުގެ ނަމުގައި އެމްޑީޕީން ހިންގަމުން ގެންދަނީ ޖަރީމާތަކެއް ކަމަށައި އެކަންކަން ކޮންޓްރޯލް ނުކޮށް ސަރުކާރައި ސަލާމަތީ ބާރުތަކުން މަޑު ކުރަމުންދަނީ ފަހަރެއްގައި ވެސް އެމްޑީޕީއައި މެދު ޖެހިލުންވާތީ ނޫން ކަމަށް 23 ޑިސެމްބަރު އިއްތިހާދުން ބުނެފިއެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއެކު މަޝްވަރާ ކުރުމަށް އިއްތިހާދުން ކުރިއަށް ގެންދާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކާއި ވަނީ ބައްދަލުކޮށްފައެވެ. މިބައްދަލުވުމަށްފަހު ނުކުމެ ވަޑައިގެން 23 ޑިސެމްބަރު އިއްތިހާދުގައި އިސްކޮށް އުޅުއްވާ އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާނު އަބުދުﷲ ވިދާޅުވީ، އެމްޑީޕީގެ އަމަލުތައް ނުހުއްޓުވާ ސަލާމަތީ ބާރުތަކައި ސަރުކާރުން މަޑު ކުރަމުންދަނީ މަސްލަހަތައްޓަކާ އެކަނި ކަމަށެވެ. ނަމަވެސް އެކަން ކުރަން ނުކުންނަން ޖެހިއްޖެ ކޮންމެ ހިނދެއްގައި ހުރިހާށ ފަރާތްތަކުން ވެސް ތައްޔާރަށް ތިބި ކަމަށް އިމްރާނު ވިދާޅުވިއެވެ.
އަދި އެމްޑީޕީގެ އަމަލުތަކަށް ނިމުމެއް ގެނެވޭނީ ރައްޔިތުންގެ އެއްބާރުލުން ހޯދައިގެން ކަމަށައި، އެމަސައްކަތް އިއްތިހާދުން ކުރަމުންދާ ކަމަށް އިމްރާނު ވިދާޅުވިއެވެ.
23 ޑިސެމްބަރު އިއްތިހާދުންވަނީ މިހާތަނަށް ރައީސް ޑރ.ވަހީދާއި، ޕޮލިސް ކޮމިޝަނަރ އަބުދުﷲ ރިޔާޒާއި، ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމުގެ އިތުރުން ހޯމް މިނިސްޓަރ ޑރ.މުހައްމަދު ޖަމީލު އަހުމަދާއި، ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒާއި ވެސް ބައްދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ