އަލިބެގެ މަރުގެ ތުހުމަތު ކުރެވޭ ދެ މީހަކު ކޯޓުން ދޫކޮށްލައިފި
މިދިޔަ މަހުގެ ތެރޭގައި ގދ. ތިނަދޫ ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެރަށު ޑައިމަންޑްވިލާ އަލީ ރަޝީދު (އަލިބެ)ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލައިފި އެވެ. އަލިބެ މަރާލި މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރޭގައި ދިވެހި އަންހެނަކާއި ބިދޭސީ ފިރިހެނަކު ވެސް ހިމެނެއެވެ. އޭގެ ތެރެއިން ދެ މީހަކު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ބުނެ ދޫކޮށްލި ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ބައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އެ ދެ މީހުން ބަންދުން ދޫކޮށްލި މައްސަލަ މިހާރު ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާނެ ކަމަށެވެ. އަލިބެ މަރާލާފައި އޮއްވާ ފެނުނުއިރު މޫނު މައްޗާއި ގައިގެ ތަންތަނުގައި ޒަހަމް ހުއްޓެވެ. އަލިބެއަކީ އެކަނި ދިރިއުޅެމުންދިޔަ މީހެކެވެ. އޭނާގެ ދަރިއަކު ނެތް އިރު އަނބިމީހާ ވެސް މީގެ ފަސް އަހަރު ކުރިން ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ