ޔޫއޭއީ އަށް ކަނޑައަޅާ ސަފީރަކަށް އަހުމަދު ރަޝީދު

ޔޫއޭއީ އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ށ. މާއުނގޫދޫ ކަރަންކާގޭ އަހުމަދު ރަޝީދު އައްޔަންކުރައްވައި ރައީސް މުހައްމަދު ނަޝީދު އޭނާ އަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިފި އެވެ. ސަފީރު ކަމުގެ މަގާމަށް އަހުމަދު ރަޝީދު އައްޔަންކުރެއްވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ. އަހުމަދު ރަޝީދު މިހާތަނަށް ހުންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ