ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓަކަށް މައުމޫނު ވާދަ ކުރައްވާ ނަމަ، އަޅުގަނޑު ވާދައެއްނުކުރާނަން: ޔާމީން

ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވާދަ ކުރައްވާ ނަމަ، މައުމޫނަށް ތާއިދު ކުރައްވާނެކަމަށް އެމަނިކުފާނުގެ އެއްބަފާ ކޮއްކޮ އަދި ޕީޕީއެމުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް އަދި ކުރިއަށްނުދާކަމަށާއި ރިޔާސީ ކެންޑިޑޭޓަކަށް މައުމޫނު ވާދަކުރައްވާނެތޯ ނޫންތޯ ނިންމެވުމަކީ މައުމޫނުގެ އަމިއްލަފުޅުކަމެއް ކަމަށެވެ.
"މައުމޫނު ވާދަ ކުރައްވާނެތޯ ނުވަތަ ނޫންތޯ ނިންމުމަކީ މައުމޫނުގެ އަމިއްލަފުޅުކަމެއް. އެ މަނިކުފާނު ވިސްނަވާގޮތަކަށް ވިސްނެވުމަށް ފަހު ގޮތެއް ކަނޑައަޅާނެ. ޔަގީނުން ވެސް މައުމޫނު ވާދަ ކުރައްވާ ނަމަ އަޅުގަނޑެއް ވާދައެއްނުކުރާނަން،" ޔާމީން ވިދާޅުވި އެވެ.
ޓީވީއެމުގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބެއް ބާއްވައިފިނަމަ އެ އިންތިހާބު ކާމިޔާބު ކުރާނެ ޕާޓީއަކީ ޕީޕީއެމް ކަމަށާއި އެ ޕާޓީއަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭވަރުގެ ޕާޓީއެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ